ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)458/458/2026/10
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 31 އޮގަސްޓް 2026 13:00
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ ، ލީގަލް އެފެއާޒް

އިޢުލާން

މަޤާމު:

ޑިރެކްޓަރ ، ލީގަލް އެފެއާޒް

މަޤާމުގެ ނަންބަރު:

J-452496

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާރވިސް ރޭންކު 9 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

މުސާރަ:

18,970.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

10,860.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް 295.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ފެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ދިބިދެވޭ ފެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް ބެލެހެއްޓުން.
  2. މުވައްޒަފުންގެ މަސައްކަތްތައް އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެސް.އޯ.ޕީ.ތައް އެކުލަވާލުމުގައި ލަފަޔާއި އިރުޝާރު ދިނުން.
  3. އޮތޯރިޓީގެ މަސައްކަތްތަކާއި ގޫޅޭ ގޮތުން ބާއްވާ ނޫސް ކޮންފަރެންސްތަކުގައި ބައިވެރިވުމާއި، މީޑިއާތަކަށް ޙިއްޞާކުރުމާއި އެކަމާ ގުޅޭ އިދާރީ މަސައްކަތްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  4. ސެކްޝަންގެ މަސައްކަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ އުޞޫލުތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރަމުންދޭތޯ ބަލައި ޗެކުކުރުން.
  5. އިންވެސްޓިގޭޝަން މައްސަލަތައް ކުރިއަށް ގެންދިއުމަށްޓަކައި އޮތޯރިޓީން ޤާއިމްކޮށްފައިވާ ސޮފްޓްވެއަރގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށް ގެންދާގޮތައް ބަލައި ޗެކުކުރުމާއި، ސޮފްޓްވެއަރއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބޭނުންވާ ލަފާއާއި އިރުޝާދު ދިނުން.
  6. ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު މުޢާމަލާތްކުރާނެ ގޮތުގެ އުޞޫލުތައް އެކުލަވާލުމުގައި ލަފައާއި އިރުޝާދު ދިނުން.
  7. އިންވެސްޓިގޭޝަން މައްސަލަތަކާއި ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި މި އޮތޯރިޓީގެ ޤާނޫނީ ވަކީލުގެ ޙައިޞިއްޔަތުން ބައިވެރިވުމާއި، މައްސަލަތަކާއި ގުޅިގެން ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  8. ވަޒީފާއާބެހޭ ޤާނޫނާ އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް، އެ އިޞްލާޙުތައް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޤާނޫނީ ލަފާ ދިނުން.
  9. މި އޮތޯރިޓީގެ ފަރާތުން ދަޢުވާ އުފުލާ މައްސަލަތަކާއި މި އޮތޯރިޓީއަށް ރައްދުވާ ގޮތަށް ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ލިޔުންތަކާއި މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ފަންނީ ލަފާ ދިނުން.
  10. ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތައް ހެދުމުގެ މަސައްކަތުގައި ލަފަޔާއި އިރުޝާދު ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޙާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ؛

  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ؛

  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. އެޑްމިރަލްޓީ ލޯ
  2. އެގްރިކަލްޗަރަލް ލޯ
  3. އެއަރ އެންޑް ސްޕޭސް ލޯ 
  4. އެނިމަލް ލޯ
  5. އެންޓި-ޓްރަސްޓް ލޯ
  6. އާބިޓްރޭޝަން ލޯ 
  7. އޭވިއޭޝަން ލޯ
  8. ބޭންކިންގ ލޯ
  9. ބޭންކްރަޕްސީ ލޯ 
  10. ބިޒްނަސް ލޯ 
  11. ޗިލްޑްރަންސް ރައިޓްސް ލޯ 
  12. ސިވިލް ލޯ
  13. ސިވިލް ރައިޓްސް ލޯ 
  14. ކޮމަރޝަލް ލޯ
  15. ކޮމްޕަރަޓިވް ލޯ
  16. ކޮމްޕެޓިޝަން ލޯ
  17. ކޮންސްޓިޓިއުޝަނަލް ލޯ 
  18. ކޮންޓްރެކްޓް ލޯ 
  19. ކޯޕަރޭޓް ލޯ 
  20. ކްރިމިނަލް ލޯ 
  21. ސައިބަރ ސެކިއުރިޓީ ލޯ 
  22. އީ-ކޮމަރސް ލޯ
  23. އެޑިއުކޭޝަން ލޯ
  24. އެމްޕްލޯއީމަންޓް ލޯ
  25. އެންޓަރޓެއިންމަންޓް ލޯ  
  26. އެންވަޔަރަންމަންޓަލް ލޯ
  27. ފެމިލީ ލޯ  
  28. ފައިނޭންޝަލް ލޯ
  29. ފުޑް ލޯ
  30. ހެލްތް ލޯ  
  31. ހިއުމަން ރައިޓްސް ލޯ 
  32. އިމިގްރޭޝަން ލޯ  
  33. އިންޝުއަރަންސް ލޯ  
  34. އިންޓަރލެކްޗުއަލް ޕްރޮޕަޓީ ލޯ  
  35. އިންޓަރނޭޝަނަލް ލޯ  
  36. އިސްލާމިކް ލޯ 
  37. ޖުޑީޝަރީ ލޯ 
  38. ލޭބަރ ލޯ
  39. ލޭބަރ ރިލޭޝަންސް ލޯ  
  40. ލޯ
  41. ލޯ އޮފް ދަ ސީ
  42. މެރިޓައިމް ލޯ
  43. މެޑިކަލް ލޯ
  44. މެންޓަލް ހެލްތް ލޯ 
  45. މައިގްރޭޝަން ލޯ 
  46. މިލިޓަރީ ލޯ
  47. ޕޭޓަންޓް ލޯ
  48. ޕަރސަނަލް އިންޖަރީ ލޯ 
  49. ޕަބްލިކް ލޯ 
  50. ރިއަލް އެސްޓޭޓް ލޯ 
  51. ރިލިޖަސް ލޯ 
  52. ޝަރީޢާ
  53. ޝަރީޢާ އެންޑް ލޯ 
  54. ޓެކްސް ލޯ 
  55. ޓެކްނޯލޮޖީ ލޯ
  56. ޓްރޭޑް ލޯ
  57. ޓްރާންސްޕޯޓް ލޯ  
  58. ވުމެންސް ލޯ 

މަޤާމުގެކޯޑިސިޕްލިން:

-

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޤާނޫނީ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (މިފޯމު މި އޮތޯރިޓީގެ ވެބްސައިޓުން (https://lra.gov.mv/dv/download/)، އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން ((http://www.csc.gov.mv/policy/Index/51 އަދި މި އޮތޯރިޓީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ، ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ (ވަޒީފާ އަދާކުރި މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށްފައިވާ) އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާ އަދާކުރި މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ވަކިވަކިން ބަޔާންކޮށް) އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވާލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން.

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް.

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2026 އޮގަސްޓް 31 ގެ 13:00 ގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިމްތިޙާން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ދެވޭ އިމްތިޙާން އަދި އިންޓަވިއު އޮންނާނީ 2026 ސެޕްޓެންބަރު 01 އިން 2026 ސެޕްޓެންބަރު 17 އާ ދެމެދު، ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. އިމްތިޙާން އަދި އިންޓަރވިއު ކުރިޔަށް ގެންދާނެގޮތް 48 ގަޑިއިރު ކުރިން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339125/3339124/3339149 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލާ"   (http://www.csc.gov.mv/policy/Index/51) އިން ލިބެން ހުންނާނެއެވެ.

24 އޮގަސްޓް 2026