ދިވެހިރާއްޖެ
އިޢުލާން
މިރަށު ލުވޭޒާމަންޒިލް މުނީޒާ އާދަމަށް ދޫކޮށްފައިވާ ގޯތީގެ އިރުން އޮތް ހުސްބިމާއި އުތުރުން އޮތް ހުސްބިމުން ކަނޑާފައިވާ ބައެއް ރުއްގަހުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
|
ނީލަން އޮންނަ ދުވަސް: |
24 އޮގަސްޓް 2026 |
|
ގަޑި: |
ހަވީރު 16.30 |
|
ނީލަން އޮންނަ ތަން: |
ލުވޭޒާމަންޒިލް މުނީޒާ އާދަމް ގޯތިކައިރި ހުސްބިމު |
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
|
ޢަދަދު |
ބާވަތް |
ނީލަން ފެށޭއަގު |
|
|
ފަން ފުންފުނިތައް ( ފަންފުއްޏެއް ) |
5.00 |
|
|
ކާށި ގަނގުޅި ( ފޫންޏެއް ) |
10.00 |
|
|
ރުއްބުރިތައް ( ބުރިއެއް ) |
5.00 |
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 24 އޮގަސްޓް 2026 ދުވަހުގެ 18.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ 7714700413001 ގެ ނަމްބަރ އެކައުންޓަށް ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ފައިސާ ޖަމާނުކުރާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ނެގި ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރި ކަމުގެ ލިއުން ކައުންސިލުން ދިނުމުންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 25 އޮގަސްޓް 2026 ދުވަހުގެ 12.00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި ކައުންސިލުން ބޭނުންވާގޮތަށް އެތަކެއްޗާއި މެދު ޢަމަލު ކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.