ޢާންމު މަޢުލޫމާތު
ނަންބަރު: 533-A/2026/02
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 31 އޮގަސްޓް 2026 00:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން (ދެވަނަ ފަހަރަށް)

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓް

ށ. ގޮއިދޫ,

ދިވެހިރާއްޖެ

 

މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން (ދެވަނަ ފަހަރަށް)

 

މި ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން!

މި ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2026 އޯގަސްޓް 31 ވާ ހޯމަ  ދުވަހުގެ 16:30 ގައި މި ކޯޓުގައި އޮންނާނެއެވެ. އެދުވަހުގެ ނީލަމުގައި ނީލަންކިޔާނީ 2026 އޯގަސްޓް 21 ވީ ހުކުރު ދުވަހު ނީލަމުގައި ނުވިކި ހުރި ބައިތަކެވެ. މި ތަކެތި  ނީލަންކިޔުން ކުރިއަށް ގެންދާނީ ލޮޓްތަކަށް ބަހާލެވިގެންނެވެ.  

             މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2026 އޯގަސްޓް 31 ވާ ހޯމަ  16:30 ން 18:00 ށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

             ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 އޯގަސްޓް 31 ވާ ހޯމަ ދުވަހުގެ 16:30 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

             ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bandeyripay.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން  3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ  ނަންބަރު 6540706 ފޯނަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަންޢާންމުކޮށްއެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 އޮގަސްޓް 2026