މަސައްކަތް
ނަންބަރު: 564-A/IUL/2026/33
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 20:59
ސުންގަޑި: 03 ސެޕްޓެންބަރު 2026 13:30
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (އޭސީތައް މަރާމާތުކުރުމާއި / ސަރވިސްކުރުން)

މިކޯޓުގައި ހަރުކޮށްފައިވާ 08 (އަށެއް) އެއަރކަންޑިޝަން ސަރވިސް ކުރުމަށް ބޭނުންވެއެވެ.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް  މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. 

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ 13:30 ގެ ކުރިންނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

23 އޮގަސްޓް 2026