ދިވެހިރާއްޖެ
(IUL)276/276/2026/44ނަމްބަރ:
އިޢުލާން
ކައުންސިލް ސްޕޯޓްސް ފިއެސްޓަރ 2026 ކުޅިވަރު މުބާރާތުގެ ބައެއްމަސައްކަތްތައް އައުޓްސޯސްކުރުމާއިގުޅޭ
މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް 2026ވަނަ އަހަރު ބޭއްވުމަށް ނިންމަވާފައިވާ މިކައުންސިލްގެ ސްޕޯޓްސް ފިއެސްޓަރ (ފުޓްސަލް އަދި ހޭންޑްބޯލް) ކުޅިވަރު މުބާރާތުގެ ބައެއްމަސައްކަތްތައް އައުޓްސޯސްކޮށް އެމަސައްކަތްތައް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 25 އޮގަސްޓް 2026 ވަނަދުވަހުގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓްރީވެ ތިރީގައި މިދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މައުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 26 އޮގަސްޓް 2026 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. މިއިދާރާއިން އިއުލާންކުރާ ޕްރޮޖެކްޓްތައް އެވޯޑްކުރުމުގައި އިސްކަންދިނުމުގެ އުސޫލް ނަންބަރު 2026/G-2 އަމަލުކުރެވޭނެއެވެ.
|
# |
|
ތަން |
ތާރީހް |
ގަޑި |
|
1 |
ރަޖިސްޓްރީވުމަށް
|
ރަޖިސްޓްރީވުމަށްއެދޭ ލިންކް: https://www.jotform.com/build/262080667957469 |
23 އޮގަސްޓް 2026 ފެށިގެން 25 އޮގަސްޓް 2026 |
12:00 |
|
2 |
މައުލޫމާތު ސެޝަން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް(އެދޭފަރާތްތަކަށް) |
27 އޮގަސްޓް 2026 |
12:00 |
|
3 |
މައުލޫމާތު ކަރުދާސް ފޮނުވުން |
ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތޫ ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ. |
26 އޮގަސްޓް 2026 |
14:00 ކުރިން |
|
4 |
އަންދާސީ އަގު ހުށަހެޅުން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް |
06 ސެޕްޓެންބަރ 2026 |
10:00 |
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6540047 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.