ދިވެހިރާއްޖެ
ރަށުގައި އުފެދޭ ފިއްލެއު ދުވަހުން ދުވަހަށް ރަށުން ބޭރުކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން 02 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ތިރީގައިވާ ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވައި ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރޭޝަން ފީ އަކީ 100/-ރ އެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމާއި ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައި އެވަނީއެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމް: https://forms.gle/SxrvE2Gx6277haNr6
|
ތަފްސީލު |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
ޕްރީ ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
02 ސެޕްޓެންބަރު 2026 |
ބުދަ |
13:15 |
|
ބީލަން ހުށަހެޅުމާއި ބީލާން ހުޅުވުން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
03 ސެޕްޓެންބަރު 2026 |
ބުރާސްފަތި |
11:00 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.