ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/85
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
26 އޮގަސްޓް 2026 12:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ރަށު ކައުންސިލްގެ ދާއިރާގައި އުފެއްދުންތައް ބައިވެރިކުރުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ؛
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމްކުރާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މި ކައުންސިލުން ވާދަކުރުމަށް ވަނީ ނިންމާފައެވެ.
ވީމާ، މި މައުރަޒުގައި އަމިއްލަ ފަރުދުންގެ ދާއިރާ އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ވާދަކުރާ އުފެއްދުމެއް މިކައުންސިލާއި ކޮންޓްރިބިއުޓް ކުރުމަށް ބޭނުންވާ އިތުރު ފަރާތްތަކުން 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ.
ލިންކް:https://vaarugey.hoandedhdhoo.gov.mv/submit-service-request/MaldivesExpo
23 އޮގަސްޓް 2026