ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއި މިކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުންތަކާއި، މި އިދާރާގެ ފަރާތުން ކޯޓަށް ހުށައަޅަންޖެހޭ މައްސަލަތަކާއި އެކިއެކި ފަރާތްތަކުން މިއިދާރާގެ މައްޗަށް ކުރާ ދަޢުވާތަކާއި އަދި މި ނޫނަސް ޤާނޫނީ ގޮތުން މިކައުންސިލުން ހުށައަޅަންޖެހޭ އެންމެހާ މައްސަލަތަކާއި ޖަވާބުދާރީ ވާންޖެހޭ އެންމެހާ ކަންކަމުގައި މި އިދާރާގެ ފަރާތުން ވަކާލާތު ކުރުމަށް 2 އަހަރުގެ މުއްދަތަށް ލޯފާމެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ކައުންސިލަށް ދުރުވެ ބިޑްފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑްފޮތް ލިބިވަޑައިގަންނަވާނީ 2026 އޮގަސްޓް 23 ން 2026 އޮގަސްޓް 27 ވަނަ ދުވަހުގެ 12:00 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ. ބިޑް ފޮތެއްގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާއެވެ.)
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ. މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 03 ވަނަ ދުވަހު އދ. މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާޒީ ހިސާބު ހުށައެޅުމުގެ ފުރުސަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް އެކަންޏެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.