ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-ADM/1/2016/2
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:22
ސުންގަޑި: 15 މާރިޗު 2016 00:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިސްލާމީ ޘަޤާފީ ދަތުރު

އިޢުލާން

މި ކޯޕަރޭޝަނުން ކުރިޔަށް އޮތް އެޕްރީލް މަހުގެ 12 - 30 އަށް، އިސްލާމީ ޘަޤާފީ ދަތުރެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ޒިޔާރަތްކުރާ ޤައުމުތަކަކީ ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ފަލަސްޠީން އަދި އުރުދުންއެވެ. މަސްޖިދުލްއަޤްޞާ ހިމެނޭގޮތަށް ތިން ޙަރަމް ޢުމްރާ ކުރުމުގެ އިތުރުން މި ޤައުމުތަކުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުން އޮންނާނެއެވެ.  އޭގެ ތެރޭގައި މަސްޖިދުލްއަޤްޞާ، އައްމާންގެ ދާރުލްއާޘާރު، ޑެޑްސީ، ސައިނާ ފަރުބަދަ، ޕިރަމިޑްތަކާއި މިޞްރުގެ ދާރުލްއާޘާރު އަދި އިސްކަންދަރިއްޔާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރުން އޮންނާނެއެވެ.

ވީމާ، މި ދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ޢުމްރާއަށް ދިޔުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 15 މާރިޗު 2015ގެ ނިޔަލަށް މި ކޯޕަރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. ދަތުރުގެ އަގަކީ -/49،965 ރުފިޔާއެވެ.

 

14 ފެބުރުވަރީ 2016