ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 އޮގަސްޓް 2026 18:28 ގައި ބާތިލް ކުރެވިފައެވެ.
މި ވުޒާރާއިން ދޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތައް މި ވުޒާރާއަށް ބޭނުންވާ ސީސީޓީވީ ކެމެރާ ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހާ އަދި ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. ނުވަތަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.