ދިވެހިރާއްޖެ
ވިޔަފާރި ބިންތަކާއި ބައެއް މަގުތަކަށް އަރާ ރުއްގަހުގެ ވެރިންހޯދުން.
ރަށުގެ ލޭންޑްޔޫސްޕްލޭންގައި ހުރި ވިޔަފާރިބިންތައް ކުއްޔަށްދިނުމަށްބޭނުންވާތީ، އެބިންތަކާއި ބިންތަކުގެ އިންވެގެންވާ މަގުތަކަށް އަރާ ރުއްގަސްތައް ވާނީ (ރަސްގެ ފާހަގަ ޖަހައި ) ފާހަގަކުރެވިފައެވެ.
ވީމާ، ފާހަގަކުރެވިފައިވާ ސަރަޙައްދުގެ ތެރެއިން ރަތްކުލައިގެ ސްޕްރޭއިން މި ފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތަކުން 02 ސެޕްޓެމްބަރ 2026 ވާ(ބުދަ) ދުވަހުގެ 12.00 ގެ ކުރީން ދެންނެވުނު ރުއްގަހުގެ މަޢުލޫމާތު މި ކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. އަދި މިދެންނެވި ސަރަޙައްދުގައިހުރި މިފަދަ ރުއްގަހުގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓަރީ ކޮށްފައިނުވާ ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައި ނުވާތީ، އެފަދަ ރުއްގަހަކީ ވެރިޔަކު ނެތް ރުއްގަސްކަމުގައިބަލައި، ކަނޑައެޅިފައިވާ އުޞޫލުން ޢަމަލުކުރަމުން ގެންދެވޭނޭ ކަމުގައި ދަންނަވަމެވެ.
- ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ އުތުރު ފަރާތުން ފެށިގެން ފިނި މައިޒާނާއި ހަމައަށް ފާހަގަކޮށްފައިވާ ސަރަޙައްދު
- ފިނިމައިޒާނުގެ ހުޅަނގު ފަރާތުން ފެށިގެން ކުޑަކުދީންގެ ޕާކާއި ހަމައަށް ފާހަގަކޮށްފައިވާ ސަރަޙައްދު