ވަޒީފާގެ ފުރުޞަތު
ނަންބަރު: 201-AFD-A1/2016/02
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 29 ފެބުރުވަރީ 2016 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ(ADMIN 3.2.1)

އަސާސީ މުސާރަ:

-/8,285 ރ

ސަރވިސް އެލަވަންސް:

-/3000 ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް:

3,728/25 ރ

ޖޮބް ސްޕެސިފިކް އެލަވަންސް:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުޠު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރަމުން ގެންދިއުން
  2. އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީ (އޭ.އައި.ސީ.ސީ) އަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން
  3. އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިންގ ކޮމިޓީއާ ގުޅޭގޮތުން، ކޮމިޓީގެ ޗެއަރޕާސަން ބޭނުންފުޅުވާ އެންމެހާ ސެކްރެޓޭރިއަލް މަސައްކަތްތައް ބަލަހައްޓައި ކުރުން
  4. އޭ.އައި.ސީ.ސީ އިން ކުރިއަށްގެންދާ އިންވެސްޓިގޭޝަންތަކުގެ ރިޕޯޓް ކަމާގުޅޭ އެހެނިހެން މުވައްޒަފުންނާ ގުޅިގެން އެކުލަވާލައި ތައްޔާރުކުރުން
  5. އޮތޯރިޓީގެ އޮކަރަންސް ޑޭޓާބޭސް ބެލެހެއްޓުމުގައި އެހީތެރިވެދީ އެއާގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން
  6. އޮތޯރިޓީގެ އެޑްމިނިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް އެކުލަވާލައި ތައްޔާރުކުރުން
  7. އޮތޯރިޓީގެ ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ބެއްލެވުމުގެ ދަށުން ހަވާލުކުރެވޭ އޮފީހުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން

މިނޫންވެސް ސެކްޝަނުގެ އިސްވެރިޔާގެ ބެއްލެވުމުގެ ދަށުން ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1- މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާރިއާއެއްގައި އުޅެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

2- އީ.ގަވަރމަންޓް ބޭނުންކުރަން އެނގުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1- 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

09 ފެބުރުވަރީ 2016