ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)336/336/2026/39
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި:
31 އޮގަސްޓް 2026 14:00
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ!
އިޢުލާން
މި ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ 11 ވަނަ މުބާރާތް، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައި ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން (9741703) އާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 އޮގަސްޓް 2026