ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-HR/213/2026/37
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 31 އޮގަސްޓް 2026 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ (ރޭންކް 4)

                  އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-432591

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 4 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންފަމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް / ކ.މާލެ

ވަޒީފާ އަދާކުރަން ޖެހޭ ގަޑި:

08:00 ން 14:00 އަށް

މުސާރަ:

8,505.00ރ

މަޤާމުގެ އެލަވަންސް:

2,555.00ރ

ހާޒިރީ އިނާޔަތް:

70.00ރ ހާޒިރުވާ ދުވަހަކަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާއިން ތައްޔާރުކުރަން ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާކިޓް، ލުއިފޮތް، މަޢުލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތި ލޭއައުޓް ހަދައި ފަރުމާކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  2. އިދާރާގެ ފަރާތުން ބާއްވާ މީޑިއާ އިވެންޓްތަކަށް ދައުވަތު ކާޑު، ބެނާރ ފަދަ ތަކެތި ޑިޒައިން ކުރުމުގައި އެހީތެރިވުން.                                  
  3. މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.   
  4. މީޑިއާގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  5. ވީ.އައި.ޕީ ބޭފުޅުން ދާންޖެހޭ ތަންތަނަށް އެސްކޯޓް ކޮށްދިނުން     
  6. މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންފަރމޭޝަން އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވުން.  
  7. ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން އިދާރާއަށް ޒިޔާރަތް ކުރާއިރު ބާއްވާ ސެކްޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.                                 
  8. މޯލްޑިވްސް ޕޮލިޓެކްނިކްގެ މާކެޓިންގ ކޮންސެޕްޓްތައް ތައްޔާރުކުރުމާއި މާކެޓިންގ މެޓީރިއަލް ޑިޒައިން ކޮށް ގްރެފިކްސް ތައްޔާރު ކުރުން.                         
  9. ޝޯޝަލް މީޑިއާ އަދި ވެބްސައިޓަށް ބޭނުންވާ ކޯސްތައް އިސްތިހާރުކުރުމަށް ބޭނުންވާ އިޝްތިހާރުތައް ތައްޔާރުކުރުން.                                 
  10. މޯލްޑިވްސް ޕޮލިޓެކްނިކްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކައް އަންނަ ސުވާލުތަކަށް ޖަވާބުދިނުން. 
  11. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުގެ އިޝްތިހާރުތައް ހެދުމަށްޓަކައި ބޭނުންވާ ފޮޓޯ ނެގުމާއި އިވެންޓްތަކުގެ ފޮޓޯ ނެގުން.                                  
  12. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސް ތަކަށް ބޭނުންވާ ދަރިވަރުން ހޯދުމަށް މާރކެޓިންގ އިވެންޓްތައް ރާވައި ހިންގުން.                                    
  13. ކޮންމެ އަހަރެއްގައި ކުރެވުނު މަސައްކަތާއި ބެހޭ ރިޕޯރޓް ތައްޔާރު ކުރުމަށްފަހު އަހަރީ ރިޕޯރޓް ނެރުމުގެ ކުރިން ހަވާލު ކުރުން.                             
  14. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކުގައި ހިންގޭ ހަރަކާތްތަކުގެ މަޢުލޫމާތު ހޯދައި އެކަންކަން ސޯޝަލް މީޑިޔާ މެދުވެރިކޮށް ހާމަކުރުން.                       
  15. ދަރިވަރުންނާއި، މުވައްޒަފުންނަށް ތައްޔާރުކުރާންޖެހޭ ކާޑު އަދި ލެންޔާޑް ޑިޒައިން ކުރުން     
  16. މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓްގައި މާކެޓިންގް އާއި ގުޅޭބައި އަދާހަމަކުރުން   
  17. މޯލްޑިވްސް ޕޮލިޓެކްނިކްގެ ސޯޝަލް މީޑިޔާ އަދާހަމަކުރުން       
  18. އޮފީސް ޑިއުޓީ އަދާކުރުމާއި، އޮފީސްހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރުގޮތެއްގައި ބަލައި ޗެކްކުރުން).                  

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ސަނަދެއް ޙާސިލްކޮށްފައިވުން.

މިމަޤާމުގެ ތަޢުލީމީ ރޮނގު:

  1. އެނިމޭޝަން 
  2. އެނިމޭޝަން ޑިޒައިން 
  3. ކޮމިއުނިކޭޝަންސް 
  4. ކޮމްޕިއުޓަރ ގްރެފިކްސް އެންޑް މަލްޓިމީޑިއާ 
  5. ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން 
  6. ކްރިއޭޓިވް މީޑިއާ 
  7. ޑިޒައިން 
  8. ޑިޒައިން އެންޑް އެޑްވަޓައިޒިންގ 
  9. ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން 
  10. ޑިޖިޓަލް ޑިޒައިން 
  11. ޑިޖިޓަލް މާކެޓިންގ 
  12. ޑިޖިޓަލް މީޑިއާ ޑިޒައިން 
  13. ގްރެފިކްސް އެންޑް މަލްޓިމީޑިއާ 
  14. އިލުސްޓްރޭޝަން 
  15. އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން 
  16. ޖާނަލިޒަމް 
  17. މީޑިއާ ކޮމިއުނިކޭޝަން 
  18. މީޑިއާ ޑިޒައިން 
  19. މީޑިއާ ސްޓަޑީޒް 
  20. މަލްޓިމީޑިއަރ ޑިޒައިން 
  21. މަލްޓިމީޑިއަރ ޕަބްލިކް ރިލޭޝަންސް 
  22. މަލްޓިމީޑިއަރ ޓެކްނޮލޮޖީ 
  23. ޕަބްލިކް ރިލޭޝަންސް 
  24. ވިޜުއަލް އާރޓްސް 
  25. ވިޝުއަލް ޑިޒައިން 
  26. ވިޝުއަލް އިފެކްޓްސް 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ޕަބްލިކް ރިލޭޝަންސް
  2. ކޮމިއުނިކޭޝަންސް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31  އޮގަސްޓު 2026 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ .

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު/އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ސެޕްޓެންބަރު 2026 އާއި 24 ސެޕްޓެންބަރު 2026 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3002569 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 އޮގަސްޓް 2026