ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2026/39
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 31 އޮގަސްޓް 2026 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްލާމިކް ޔުނިވަރސިޓީގެ ގޮފި ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައިހުރި ރުއްގަހުގެ ވެރިފަރާތްތަކުގެ މަޢުލޫމާތު ހޯދުން

އިސްލާމިކު ޔުނިވަރސިޓީގެ ގޮތްޕެއް ޤާއިމު ކުރުމަށްޓަކައި ބޭންކު އޮފް މޯލްޑިވްސް ނިލަންދޫ ބުރާންޗް ގެ ކުރިމަތިން އަމީނީ މަގާއި ޒިޔާރަތްމަގާއި ދެމެދު އޮތް "ރުއްކޮށީ" ގައި ހުރި ރުއްގަހުގައި މިހާރުވާނީ ނޫކުލައިގެ ސްޕުރޭ ދަވާދުން 01- 59 އާއި ދެމެދު ނަންބަރު ޖަހާފައެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ އެއްޗެއްކަން އެނގޭނޭ ގޮތަށް 2026 އޮގަސްޓް 31  ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި އިސްވެދެންނެވި ތަކެތީގެ މައުލޫމާތު ނުލިބޭ ރުއްގަހާއި ވެރިފަރާތުގެ މައުލޫމާތު ލިބިފައިހުރި ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިޔަށް ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

16 އޮގަސްޓް 2026