ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-151/IUL-2016/07
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 21 ފެބުރުވަރީ 2016 12:00
އއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:                        ކައުންސެލަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        އެމް. އެސް 1

ކްލެސިފިކޭޝަން:                  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                       -/5610 ރުފިޔާ

ސަރވިސް އެލަވަންސް:               -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                 އއ.މާޅޮހު ސްކޫލް

ގިންތި:                        ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         އއ.މާޅޮހު ސްކޫލް އޮފީސް، އއ.މާޅޮސް            

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދަރިވަރުންގެ އަޚުލާޤާ ބެހޭގޮތޮން ކޮންމެ ކުއްޖަކަށް ފައިލް ތައްޔާރުކޮށް ބެލެހެއްޓުން. އަދި ކޮމްޕިއުޓަރގައިވެސް ރެކޯޑްސް ބެލެހެއްޓުން.

2. ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ގަވާއިދުން ދެހަފުތާއިން އެއްހަފުތާގައި ބެލުން އަދި އެފަދަ މައްސަލަތައްހުރިނަމަ ރެކޯޑުކޮށް އަޅަން އެކަށީގެންވާ ފިޔަވަޅު އެޅުން.

3. ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚުލާޤީ މައްސަލަތައް، ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތައް އަދި ސްކޫލުގައާއި ގޭތެރޭގައި ދަރިވަރުންނަން ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅުއެޅުން. އަދި ރެކޯޑްކުރުން.

4. ދިމާވާ ބޮޑެތި މައްސަލަތަކާމެދު ފިޔަވަޅު އެޅުއްވުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި އަދި ބެލެނިވެރިންގެ މަޝްވަރާއާއެކު ކުރިއަށްގެންދެވުން

5. ދަރިވަރުންގެ އަޚުލާޤަށް އަންނަ ބަދަލުތަކާމެދު އަދި ނަފުސާނީޙާލަތަށް އަންނަ ބަދަލުތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން

6. ސްކޫލް އޮފީހަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙުތިރާމްކުރަންވާނެއެވެ.

7. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވާންވާނެއެވެ.

8. ސްކޫލުގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.

9. ސްކޫލުގެ އެއްވެސް ސިއްރެއް އެއްވެސް ފަރާތަކަށް ހާމަކުރުމަކީ މުޅިން މަނާކަމެކެވެ.

10. ސްކޫލުގައި އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާއި އެކަށީގެންނުވާ ކަމެއް ފެނިއްޖެނަމަ ވަގުތުން ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.

11. ދަރިވަރުންނާ މުދައްރިސުންގެވެސް ވާހަކަދެއްކުމުގެ އަދަބުވެރިކަމަށް ސަމާލުކަންދޭންވާނެއެވެ.

12. މުވައްޒަފުންގެ ގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ޙަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭންވާނެއެވެ.

13. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭންގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.

14. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

15. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ ޢާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ޝަރުޠު:                                                 

1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- މަޤާމާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމީ ފެންވަރު

- ވަޒީފާއާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- ގާބިލުކަންހުރި މިންވަރު (އިންޓަރވިއު)

އިންޓަރވިއު ކުރުން

ހ. އިންޓަރވިއު އޮންނާނެ ތަނާއި ގަޑި، މަޤާމަށް ކުރިމަތިލުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އއ.މާޅޮހު ސްކޫލުންނާއި ސިވިސް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އއ.މާޅޮހު ސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ.މާޅޮހު ސްކޫލުގެ ނަންބަރު 6660844 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ އއ.މާޅޮހު ސްކޫލުގެ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

11 ފެބުރުވަރީ 2016