ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މަޤާމު: |
މަސައްކަތު (ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު: |
9 (ނުވައެއް) |
މުސާރައާއި، އެލަވަންސް: |
މަހަކު -/4،100 ރުފިޔާ ( ހަތަރުހާސް އެއްސަތޭކަ ރުފިޔާ) |
މަޤާމުގެ ޝަރުޠު: |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. އަތޮޅު ކައުންސިލުން ބަލަހައްޓާ ސަރަހައްދުތަކުންނާއި ތަންތަނުން ކުނިނަގައި ސާފުކޮށް ބެލެއްޓުން. 2. އަތޮޅު ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ޑިއުޓީ ކުރަންޖެހޭ ހާލަތްތަކުގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރުން. 3. އަތޮޅު ކައުންސިލުން ބަލަހައްޓާ ސަރަހައްދުތަކާއި ތަންތަނަށް ކުނިއަޅާ ފަރާތްތައް ބެލުމާއި، އެކަން ހުއްޓުވުމާއި، އެމީހުންނާބެހޭ މަޢުލޫމާތު ކައުންސިލް އިދާރާއަށް ހުށަހެޅުން. 4. އަތޮޅު ކައުންސިލުން ސާފުކޮށް ބަލަހައްޓާ ތަންތަނާއި ސަރަހައްދުތަކުގެ ވިނަ ނޮޅައި ސާފުކުރުން. |
ޢިނާޔަތްތައް: |
މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން. - މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- މަޤާމަށް އެދި ހުށަހަޅާ ސިޓީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ލިބިފައިވާ ތަޖުރިބާގެ ލިއުމުގެ ކޮޕީ. |
ސިޓީ ފޮނުވަންވީ ތާރީޚު: |
2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން އަތޮޅު ކައުންސިލް އިދާރާއަށް. |
30 ރަބީޢުލްއާޚިރު 1437 |