ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2026/171
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 24 އޮގަސްޓް 2026 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީގެ "ލޭންޑް ޔޫސް ޕްލޭން" މަސައްކަތާއި ގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް 22 އޮގަސްޓު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކެންސަލް ކުރުމާއި ގުޅޭ،

  މާލެ ސިޓީ ކައުންސިލްގެ "ރީތިންކް މާލެ" އާބަން ސްޓްރެޓެޖީއާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން "މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން" (ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން) އަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މި ކައުންސިލުންވަނީ ފަށާފައެވެ. އެގޮތުން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިރޭ 22 އޮގަސްޓު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަހުގެ ތާރީޚަކަށް ލަސްކޮށްލެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

22 އޮގަސްޓް 2026