ދިވެހިރާއްޖެ
|
ނަންބަރު : (IUL)370-ESMS SC/370/2026/29 |
އިޢުލާން
ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓްރީކުރުމުގެ ޤަވާޢިދުގެ ދަށުން ފ. ފީއަލީގައި މަހުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ
ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު (2026/R-66) ގެ ދަށުން، ފ. ފީއަލީގައި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދީ މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މަޤްޞަދުގައި، މަސްކައްކައި ހިއްކުމާއި ލަނޑާގެ މަސްވެރިކަމުގެ ވިޔަފާރީއާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި މިޤަވަޢިދުގެ ދަށުން ކުރެވޭނެ ކަމަށް ހުއްދަކުރާ މަސްވެރިކަމުގެ ވިޔަފާރިތައް ކުރުމަށްޓަކައި 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ބިމެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ޢާންމުކޮށް އިޢުލާންކޮށް ފޯމް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޞީލު:
- ބިން އޮތް ތަން: ފ. ފީއަލީ ކޮއިކޮކާ ބަގީޗާގެ އިރުދެކުނު ފަރާތް.
- ބިމުގެ ބޮޑުމިން: 700 (ހަތްސަތޭކަ) އަކަފޫޓު.
- ބިމުގެ ބާވަތް: ދިވެހި ދަޢުލަތުގެ ބަންޑާރަ ބިން.
- ބިމުގެ ފަންތި: ވިޔަފާރި ބޭނުންތަކަށް ޚާއްޞަ (ކޮމާޝަލް).
- ބިމުގައި ކުރެވޭނެ ބޭނުން: ހަމައެކަނި މަހުގެ ވިޔަފާރި (މަސްކައްކައި ހިއްކުމާއި، ލަނޑާގެ މަސްވެރިކަމުގެ އެންމެހައި މަސައްކަތްތައް). މި ބިން އެހެން އެއްވެސް ވިޔަފާރިއަކަށް ނުވަތަ ބޭނުމަކަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
- ކުއްޔަށް ދޫކުރާ މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަސް
ބިން ހޯދުމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުޠުތައް:
- މި ބިން ހޯދުމަށް އެދި ހުށަހެޅޭނީ އަންނަނިވި ފަރާތްތަކަށް:
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ގާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް
- ޕާޓްނާރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް،
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް
މާރކްސް (ޕޮއިންޓް) ދިނުމުގެ މިންގަނޑު:
މި ބީލަމަށް މާރކްސް ދިނުމުގައި ޢަމަލުކުރާނީ ޖުމްލަ 100 މާރކްސްގެ މައްޗަށް ބަހާލައިގެން ތިރީގައިވާ ތަރުތީބުންނެވެ:
- ބިމު ކުލި (60 މާރކްސް):
- މި ބިމަށް މަހަކު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 0.50 (ފަންސާސް) ލާރިއެވެ.
- އެންމެ މަތީ ކުއްޔެއް ހުށަހަޅާ ފަރާތަކަށް 60 މާރކްސް ލިބޭނެއެވެ. އެހެން ފަރާތްތަކަށް މާރކްސް ދެވޭނީ އެންމެ މަތީ އަގަށް ރިޢާޔަތްކޮށް ޕްރޮޕޯޝަނަލް ފޯމިއުލާއިންނެވެ.
- އިޖުތިމާޢީ ޒިންމާ – ސީ.އެސް.އާރް (20 މާރކްސް):
- މި ބިމަށް އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރް) ގެ ގޮތުގައި އަހަރަކަށް މަދުވެގެން -/5,000 (ފަސްހާސް) ދިވެހި ރުފިޔާ ދައްކަންޖެހޭނެއެވެ.
- އަހަރަކަށް އެންމެ މަތިން ސީ.އެސް.އާރް ފައިސާ ހުށަހަޅާ ފަރާތަކަށް 20 މާރކްސް ލިބޭނެއެވެ.
- ރަށުގެ ތަރައްޤީއަށް ކޮށްދޭނެ ކަންކަން (20 މާރކްސް):
- ބިން ކުއްޔަށް ނަގާ 03 އަހަރުގެ މުއްދަތުގެ ތެރޭގައި، ރަށުގެ އިޖުތިމާޢީ އަދި ޢުމްރާނީ ފައިދާއަށްޓަކައި އެންމެ ގިނަ ކަންތައްތައް އަމިއްލަ ޚަރަދުގައި ކޮށްދިނުމަށް ޕްރޮޕޯޒަލްގައި ބަޔާންކުރާ ފަރާތަކަށް 20 މާރކްސް ލިބޭނެއެވެ.
ފީއަލީ ކައުންސިލްގެ ފަރާތުން މި ބިން ކުއްޔަށް ހިފާ ފަރާތުން ކުރުމަށް ޝަރުތު ކުރާ ކަންތައްތައް
- ފީއަލީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ "ކޮއިކޮކާ ބަގީޗާ" ގެ ފެންގަނޑު، ކައުންސިލްގެ ފަރާތުން އަންގާ ގޮތެއްގެ މަތިން ކުއްޔަށް ހިފާ މުއްދަތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ތަކެއްޗާއި ޚަރަދުގައި ސާފުކޮށް ބަލަހައްޓައިދިނުން.
ފޯމް ހުށަހެޅުމާއި ސުންގަޑި:
- ހުށަހަޅަންޖެހޭ ތަކެތި: ފުރިހަމަކޮށްފައިވާ ފޯމު، ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ، ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، އަދި އިޖުތިމާޢީ ކަންކަމާއި ފެންގަނޑު ބެލެހެއްޓުމާ ގުޅޭ ޕްރޮޕޯޒަލް.
- ސުންގަޑި: 30 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަސް 14:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ނުވަތަ މިއިދާރާގެ ރަސްމީ ޢީމެއިލްއަށް : [email protected]
ފޯމު ހުށަހަޅުއްވާނީ މިއިދާރާގެ ކައުންޓަރަށެވެ. ގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯނު ނަންބަރަށް 6740012 ގުޅުއްވުން އެދެމެވެ.
އަޙްމަދު އިލްހާމް
ފީއަލީ ކައުންސިލްގެ ރައީސް