މަސައްކަތް
ނަންބަރު: 677-A/2026/17
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި:
14 ސެޕްޓެންބަރު 2026 11:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓްގެ ވަށާފާރު ރާނައި ސިމެންތި ޖެހުމާއި ކުލައާއި ދަވާދުލައި ދޮރާއި ގޭޓާއިއެކު ނިންމުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
ނަންބަރ : 677-A/2026/17
އިޢުލާން
ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރާނައި ސިމެންތިޖެހުމާއި ކުލައާއި ދަވާދުލައި ދޮރާއި ގޭޓާއިއެކު ނިންމުމަށް، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 އޮގަސްޓް 20 ން ފެށިގެން 2026 ސެޕްޓެމްބަރ 1 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މި ކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ އީމެއިލް: [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ސެޕްޓެމްބަރ 1 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮނާނީ 2026 ސެޕްޓެމްބަރ 14 ވާ ހޯމަ ދުވަހުގެ 11:00 ގައި ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް
ގދ.ނަޑެއްލާ
ފޯން: 6840159 ،6840149
އީ-މެއިލް: [email protected]
ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
20 އޮގަސްޓް 2026