މަސައްކަތް
ނަންބަރު: 677-A/2026/15
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި:
14 ސެޕްޓެންބަރު 2026 10:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް ރޫމަށް އިދާރީބައިގެ ތެރެއިން ވަދެވޭގޮތަށް ދޮރެއް ކަނޑައި ލަކުޑި ދޮރަކާއި ދޮރުފަތެއް އެރުވުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
ނަންބަރ : 677-A/2026/15
އިޢުލާން
ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް ރޫމަށް އިދާރީ ބައިގެ ތެރެއިން ކޯޓު ރޫމްތެރެ ފެންނަގޮތަށް ހުންނަ ބިއްލޫރި ދޮރު ނަގައި ކޯޓު ރޫމަށް ވަދެވޭގޮތަށް ދޮރެއް ކަނޑައި ލަކުޑި ދޮރަކާއި ދޮރުފަތެއް އެރުވުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 އޮގަސްޓް 20 ން ފެށިގެން 2026 ސެޕްޓެމްބަރ 01 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މި ކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ އީމެއިލް: [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮނާނީ 2026 ސެޕްޓެމްބަރ 14 ވާ ހޯމަ ދުވަހުގެ 10:00 ގައި ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް
ގދ.ނަޑެއްލާ
ފޯން: 6840159 ،6840149
އީ-މެއިލް: [email protected]
ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
20 އޮގަސްޓް 2026