ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-134/I/2016/02
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 18 ފެބުރުވަރީ 2016 13:30
ކުޑަރިކިލު ސްކޫލް، ބ. ކުޑަރިކިލު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސަރވިސް:

ސަޕޯޓް ސަރވިސް

އޮފީސް:

ކުޑަރިކިލު މަދަރުސާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކުޑަރިކިލު މަދަރުސާ / ބ. ކުޑަރިކިލު

މަޤާމުގެ މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސްކޫލް ހުޅުވާ ރަސްމީ ގަޑިތަކުގައި ފަރުވާތެރިކަމާއެކު ސްކޫލަށް ހާޒިރުވުން.
  2. ސްކޫލުގެ އެތެރެއާއި، ސްކޫލުގެ ގޯތިތެރެ، ސްކޫލު ހިމެނޭ މަގުގެ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  3. ދުވާލަކު އެއްފަހަރު ސްކޫލުގެ ފާޚާނާތައް ސާފުކުރުން.
  4. ސްކޫލުގެ ގޯތިތެރޭގައިވާ ބަގީޗާ ގަސްތަކަށް، މަދުވެގެން ދުވާލަކު އެއްފަހަރު ފެންދީ، ގަސް އިންދައި، ގަސްތައް ބެލެހެއްޓުން.
  5. އޮފީސްއިމާރާތުގެ ތަޅުމުގައި، މަދުވެގެން ހަފުތާއަކު ދެފަހަރު މޮޕްލުން.
  6. މުށިޖަހާފައި ހުންނަ ކުލާސްރޫމުތަކުގައި ކޮންމެދުވަހަކު މޮޕްލުން.
  7. ދުވާލަކު އެއްފަހަރު ސްކޫލުގައި ގެންގުޅޭ ހިފައި ގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރާއި، މެޝިނަރީ ފަދަތަކެތި ފޮޅައި ސާފުކުރުން.
  8. ސްކޫލުގައި ހުންނަ ފޮތް ކަބަޑުތައް، މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
  9. އިމާރާތްތަކުގެ ބިއްލޫރިއާއި ކަތިފިލާތައް، މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
  10. ސްކޫލުގައި ބޭނުންކުރާ ހިފައިގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  11. ސްކޫލުގެ ބޭނުމަށް ހާޒިރުކުރަންޖެހޭ މީހުން ސްކޫލަށް ހާޒިރުކުރުން.
  12. ސްކޫލުން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ބަހައްޓަންޖެހޭ އިޢުލާނު ފަދަ ތަކެތި ބެލެހެއްޓުން.
  13. ސްކޫލުން އިންތިޒާމުކުރާ ޖަލްސާތަކާއި، ބައަދަލުވުންތަކަށް މީހުންނަށް ކިޔުން.
  14. ސްކޫލުގައި ހުންނަ އިމާރާތްތަކުގެ ފުރާޅާއި، ދިޔަދޮވި، މަދުވެގެން މަހަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.
  15. ސްކޫލުގެ ވަޅު، އަހަރަކު 3 ފަހަރު ދިޔަހިއްކުން.
  16. މީގެ އިތުރުންވެސް، ސްކޫލް ހިންގަވަން ހުންނަވާ ވެރިޔާ ހަވާލުކުރައްވާ މަސައްކަތްތައް ކުރުމާއި އެބޭފުޅަކަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ފުރިހަމަވެފައިވުން (ކަނޑައެޅިފައިވާ އިންސައްތަ: % 11)
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %26)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 14)
  • ލިބިފައިވާ ހުނަރާއި އިންޓަރވިއުއަށް (ކަނޑައެޅިފައިވާ އިންސައްތަ: %48)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މި ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު އޮންނާނީ، މި ސްކޫލުގައެވެ. އިންޓަރވިއު ބާއްވާނެ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600019 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

07 ފެބުރުވަރީ 2016