ވަޒީފާގެ ފުރުޞަތު
ނަންބަރު: IS-HR/2016/08
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 21 ފެބުރުވަރީ 2016 12:00
އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

އިޢުލާން

ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ޢައްޔަންކުރުން

މި ސްކޫލުގެ ލީޑިންގ ޓީޗަރގެ މަސްއޫލިއްޔަތު އަދާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޓީޗަރުން މި އިޢުލާނާ އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.

  • ބޭނުންވާ އަދަދު: 01
  • ބަލަހައްޓަން ޖެހޭ ގްރޭޑް/މާއްދާ: ޕްރައިމަރީ / ގްރޭޑް 4 އަދި 5
  • މަސްއޫލިއްޔަތު ހަވާލުކުރެވޭ މުއްދަތު: ތަޢުލީމީ ކަލަންޑަރުގެ 2 އަހަރުދުވަސް

ޝަރުޠު:

  • މި ސްކޫލުގެ ދާއިމީ ޓީޗަރެއްގެ މަޤާމުގައި ހުރި ފަރާތަކަށްވުން (ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ)
  • ހަވާލުކުރެވޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަމްރީނުވެފައިވާ ފަރާތަކަށް ވުން.
  • ކިޔަވައިދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ޢައްޔަނުކުރުމުގައި ޕޮއިންޓް ދޭނެގޮތް

ލީޑިންގ ޓީޗަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި މިންކުރާނީ ތިރީގައިވާ ގޮތަށް މެރިޓް އުސޫލުންނެވެ.

1- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަދި އެއަށްވުރެ މަތީ ހުރިހާ ސަނަދަށް ބަލައި ތިރީގައި މިވާގޮތަށް ލިބޭ ޖުމްލަ ޕޮއިންޓުން ތަރުތީބުކުރުން.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް

ޕޮއިންޓް

4

25

5

35

6

45

7

60

8

65

9

75

10

85

2- މަތީގައިވާ ގޮތަށް ތަރުތީބުކޮށް އެއްވަރަށް ޕޮއިންޓް ލިބޭ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެ މުވައްޒަފުންނަށް 2014 ވަނަ އަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމްލަ މާކްހަށް އަދި ޚިދުމަތު މުއްދަތަށް ބެލުން.

ލީޑިންގ ޓީޗަރުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތަށް ދެވޭ އެލަވަންސް

ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ.

ލީޑިންގ ޓީޗަރުންގެ މައިގަނޑު މަސްއޫލިއްޔަތު

1- މިނިސްޓްރީގެ ސިޔާސަތުތައް ސްކޫލުގައި ތަންފީޒު ކުރުމަށް ޕްރިންސިޕަލަށް އެހީތެރިވެދިނުން

2- ޕްރިންސިޕަލް ނެތް ޙާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.

3- ކިޔަވައިދެމުންދަނީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށްތޯ ބަލައި ކިޔަވައިދިނުން ތަރައްޤީ ކުރުމަށް ޓީޗަރުންނަށް އިރުޝާދު ދިނުން.

4- ކިޔަވައިދޭ މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތައް ރާވައި ކުރިޔަށްގެންދާގޮތް ބަލައި ރިކޯޑު ބެލެހެއްޓުން

5- ޓީޗަރުން ތައްޔާރުކުރާ ލެސަންޕްލޭންތަކަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް ތައްޔާރުކުރެވޭ ލެސަންޕްލޭނެއްތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުންނަށް އެހީތެރިވެދިނުން

6- ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ ޓީޗަރުން ލައްވައި އެކަންކަން ކުރުވުމާއި، އެކަންކަން ކުރެވެމުންދާގޮތް ބަލައި މޮނިޓަރކުރުން.

7- ސްކޫލުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރު ކުރުން.

8- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚުލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

9- ވަކިވަކި މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑުތައް ބެލެހެއްޓުން

10- ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލުގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.

11- ދަރިވަރުންގެ ކުރިއެރުމާ ބެހޭގޮތުން ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.

12- ކްލާހާއި ކްލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

13- ރިލީފް ގަޑި ނެގުން.

14- ސްކޫލުގައި ހިންގާ ކުލަބު ހަރަކާތްތައް ވިލަރެސްކުރުން

15- ކިޔަވައިދިނުމާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލުގެ ވެރިންގެ ލަފައާއި އިރުޝާދުގެމަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.

16- ސްކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން

17- މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

18- ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން 35 މިނިޓްގެ 6 ގަޑި ނުވަތަ 45 މިނިޓްގެ 5 ގަޑި ނަގައި ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު).

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަ ނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

މަޤާމަށް އެދެންވީ ސުންގަޑި:

  • ތަކެތި ހުށަހެޅުމުގެ ސުންގަޑި:  21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ސްކޫލުގެ އޮފީހަށް

ނޯޓް:

 މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ (ޝަރުޠު ހަމަވާ) ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސްއޫލިއްޔަތު ހަވާލުކުރެވޭނެއެވެ. ލީޑިންގ ޓީޗަރގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތުގެ ސްޕެޝަލައިޒޭޝަން "ލީޑިން ޓީޗަރ" ގެ ނަމަށް ބަދަލު ކުރެވޭނެއެވެ. އަދި 2 އަހަރުގެ ޓެނުއަރ ހަމަވުމުން އިތުރު ދައުރަކަށް ޢައްޔަން ނުކުރެވޭނަމަ، އަނބުރާ ޓީޗަރަކަށް ބަދަލު ކުރެވޭނެއެވެ.

04 ފެބުރުވަރީ 2016