ދިވެހިރާއްޖެ
އިޢުލާން
ކޮޅުމަޑުލު ތިމަރަފުށީ އިޖުތިމާޢީ ސަރަޙައްދުތައް ސާފުކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާ ގުޅޭ
ތިމަރަފުށީގެ އެންމެހައި ޢާންމު ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމުގެ މަޤްޞަދުގައި، ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ތަފްޞީލު:
- ކަނޑައެޅޭ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރުން.
- ވިނަ ނޮޅުމާއި، ގަސްތައް ކޮށައި ރީތިކޮށް ބެލެހެއްޓުން.
- ސާފުކުރުމުގެ ތެރޭގައި އެއްކުރެވޭ ކުނި، ކަނޑައެޅިފައިވާ އުޞޫލުން ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުން.
ޝަރުޠުތައް:
- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން. (ހަމައެކަނި އަންހެން ކަނބަލުންނަށް)
- މަސައްކަތް ކުރުމުގެ ޞިއްޙީ ޤާބިލުކަން ހުރުން.
ރަޖިސްޓްރީވުމުގެ އުޞޫލާއި އިސްކަންދެވޭނެ ތަރުތީބު: މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަމުން ގެންދެވުން އެދެމެވެ. މި ފުރުޞަތުގައި ފަރާތްތައް ހޮވުމުގައި އިސްކަންދެވޭނީ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވާ ތަރުތީބުންނެވެ. އެހެންކަމުން، ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަވުމުން ރަޖިސްޓްރޭޝަން ބަންދުކުރެވޭނެއެވެ.
ރަޖިސްޓްރީވުމަށް ބޭނުންކުރަންވީ ލިންކު: https://thimarafushicouncil.digital/wdc-signup.html
ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚު: 30 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 އަށް
މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6780675 ނަންބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.