ނީލަން
ނަންބަރު: (IUL)218-Admin/218/2026/3
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 01 ސެޕްޓެންބަރު 2026 09:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއި ގުޅޭ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: މޯލްޑިވްސް ޕޮލިޓެކްނިކް އެއްވަނަ ފަންގިފިލާ / މާލެ
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2026 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 09:00 ގައި
  3. ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި: މޯލްޑިވްސް ޕޮލިޓެކްނިކް އެއްވަނަ ފަންގިފިލާ  / ގަޑި: 09:00
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހުނީލަން
  5. ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން އީ-މެއިލް ކުރާނީ: [email protected]
  6. ރަޖިސްޓްރީވާންޖެހޭ އެންމެ ފަހުތާރީހް: 2026 އޮގަސްޓް 31 ވަނަ ދުވަހުގެ 09:00 ގެ ކުރިން
  7. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު:3041863

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  އަދި ނީލަމުގައި ބައިވެރިވެވޭނީ ނީލަމުގައި ބައިވެރިވެލެއްވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީވުމަށް އީ-މެއިލް ކުރައްވާއިރު ނީލަމުގައި ބައިވެރިވާ )ފަރާތް/ކުންފުނީގެ ނަން އައިޑީކާ/ސެޓްފިކެޓްގެ ކޮޕީއާއިއެކު ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ.) ނީލަމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

ނީލަންކިޔުމުގެ އުސޫލު

1-    ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

2-    ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

3-    ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

4-    ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

5-    ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

20 އޮގަސްޓް 2026