ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-142/2016/007
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 20:44
ސުންގަޑި: 15 ފެބުރުވަރީ 2016 12:00
ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ހުރާ ސްކޫލުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު:

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

ސްޕޯޓްސް ސްޕަވައިޒަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،500 ރުފިޔާ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އޮތް އޮފީސް:

ކ.ހުރާ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކ.ހުރާ ސްކޫލް

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްކޫލުގައި ހިންގާ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، އިސްވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.

2. ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޕީ.އީ ގަޑިތައް ނަގައިދިނުން.

3. ސްކޫލުގެ ސްޕޯޓްސް އިންވެންޓްރީ ބެލެހެއްޓުން.

4. އިންޓަރހައުސް މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށް، މުބާރާތްތައް ކުރިޔަށް ގެންދިއުމުގައި އެހީތެރިކަން ދިނުން.

5. ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ހޯދައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

6. ކުޅިވަރާ ގުޅުވައިގެން ދަރިވަރުންގެ އަޚުލާޤީ ފެންވަރު ރަނގަޅުކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުން.

އަސާސީ ޝަރުޠު:

  1. ކުޅިވަރުގެ ދާއިރާ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު،  ކުޅިވަރުގެ ދާއިރާ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަރވިއު ކޮށްގެން.

އިންޓަރވިއު ކުރުން:

1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

2. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

3. ލިޔަންކިޔަން ދަންނަކަން ބަޔާންކޮށްފައިވާ ލިޔުން ނުވަތަ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ކ.ހުރާ ސްކޫލުގެ އޮފީހަށެވެ.

2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހުރާ ސްކޫލުގެ ނަންބަރު 6640177 ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016