ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AF/460/2026/23
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 31 އޮގަސްޓް 2026 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

އީ.އެކްސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް އެފެއާޒް

ފެންވަރު ނުވަތަ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓް ގެ މަސައްކަތްތައް ރާވައި ހިންގުން.
  2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ ލަފާގެ މަތިން އަވަސްމިނެއްގައި މައްސަލަތައް ބެލުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  3. ލީގަލް ޑިޕާޓްމަންޓްގެ އެންމެ އިސް ރޯލު އަދާ ކުރާ މުވައްޒަފުގެ ހައިސިއްޔަތުން، މައްސަލަތަކާ ގުޅިގެން  މުވައްޒަފުންނަށް ދޭންޖެހޭ ލަފާއާއި އިރުޝާދު ދީ އަދި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތުގެ މަގު ދައްކައިދީ، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން މައްސަލަތައް ނިންމުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  4. ބަލަމުންދާ މައްސަލަ ތަކުގެ މައުލޫމާތު އަދާ ހަމަކޮށް ބެލެހެއްޓުން.
  5. މައްސަލަތަކުގައި ނިންމާ ނިންމުންތަކުގެ ކޭސް ލޮގް މެނޭޖްކޮށް، ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްބާވަތެއްގެ މައްސަލަތަކުގައި ކުރިން ނިންމާފައިވާ ނިންމުންތަކުގެ ރެކޯޑް މެނޭޖްކޮށް ބެލެހެއްޓުން.
  6. އިދާރާތަކަށް ހުށަހެޅޭ އާރ.ޓީ.އައި އާ ގުޅިގެން އިދާރާތަކަށް ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން.
  7. ކޮމިޝަނަރުގެ ނިންމުންތައް ތަންފީޒުނުކޮށް އަދި އިސްތިއުނާފު ނުކުރާ ހާލަތުގައި އެފަދަ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކުރަންޖެހޭ މަސައްކަތް ކުރުން.
  8. ހުށަހެޅޭ މައްސަލަތަކާ ގުޅިގެންނާއި އަދި ޤާނޫނީ ކަންކަމުގައި  އިންފޮމޭޝަންކޮމިޝަނަރަށް ލަފާދިނުން.
  9. ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްގައި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ވަކާލާތުކުރުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  10. އޮފީހުގެ ފަރާތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އެއްބަސްވުންތަކާއި ގައިޑްލައިންތައް ހެދުމުގައި އެހީތެރިވުން.  
  11. އޮފީހުގެ ފަރާތުން ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވުން.  
  12. އަދި މިނޫންވެސް އިންފޮމޭޝން ކޮމިޝަނަރުގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތައްކުރުމާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީނު

- މަސައްކަތު ތަޖުރިބާ

- އިންޓަރވިޔު

- ތިއަރީ ޓެސްޓް/ޕްރެޒެންޓޭޝަން

މުސާރައާއި އެލަވަންސް

- އަސާސީ މުސާރަ: (މަހަކު)  11,500/-ރުފިޔާ.

- ސަރވިސް އެލަވަންސް: (މަހަކު) 5,500/- ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

- ފޯނު އެލަވަންސް: (މަހަކު) 500.00 ރުފިޔާ

- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  - ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

  - މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  - ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ / ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:

31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް  [email protected]އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.

20 އޮގަސްޓް 2026