ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2026/156
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 26 އޮގަސްޓް 2026 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ސީނިއަރ އިކޮނޮމިސްޓް

މި މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާއި އިކޮނޮމިކް ފޯކާސްޓިންގ އަދި އިކޮނޮމިކް އެނަލިސިސް އެކުލަވާލައި ތަންފީޒުކުރުމާއި، ފިސްކަލް ޕޮލިސީތައް ވިލަރެސްކޮށް ތަފާތު ދާއިރާތަކުގެ އިކޮނޮމިކް އިވެލުއޭޝަންތައް ހަދައި އިކޮނޮމިކް އެނަލިސިސްތަކުގެ އަލީގައި ދައުލަތުގެ މާލީ ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވުމަށާއި، އިޤްތިޞާދީ ސްޓްރެޓެޖީތަކާއި އުސޫލުތައް އެކުލަވާލައި އެކަންތައްތައް ތަންފިޒުކުރަމުންދާގޮތް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ސީނިއަރ އިކޮނޮމިސްޓްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ޑިވިޝަން

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

20 އޮގަސްޓް 2026