ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-PN/312/2026/36
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 31 އޮގަސްޓް 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ކިނޮޅަހުގައި ކަނޑު އުޅަނދު ލައިސަންސް ދިނުމަށް އެގްޒަމިނަރަކު ހޯދުމާއި ގުޅޭ

އިޢުލާން

 

  ރ. ކިނޮޅަހުގައި ކަނޑު އުޅަނދު ލައިސަންސް ދިނުމަށް އެގްޒަމިނަރަކު ހޯދުމާއި ގުޅޭ

                  މި ކައުންސިލްގެ ނަންބަރު CN-13/2026/33 އާންމު ބައްދަލުވުމުން ، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިރަށުގައި ފެއްޓެވުމުގެ ގޮތުން ކަނޑުގެ ދުއްވުމުގެ އިމްތިހާން ދެއްވުމަށް އެގްޒަމިނަރަކު ހޯދުމަށްވަނީ ނިންމަވާފައެވެ. އެގްޒަމިނަރުން ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއިއެކު ގިނަ ކެޓަގަރީތައް  (ABCDG) އޮތް ފަރާތަކަށް އިސްކަން ދެއްވިގެންދާނެއެވެ. އަދި މީގެ އިތުރުން އެގްޒަމިނަރު ދޫކުރާ ކޮންމެ ލައިސަންސަކަށް 150 ރުފިޔާގެ އުޖޫރައެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

                  ވީމާ، އެގްޒަމިނަކަށް ވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރައްވާ 31 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނަންނޯޓު ކުރެއްވުން އެދި ދެންނެވީމެވެ.  އަދި ފޯމާއިއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. 

ހުށަހަޅަން ޖެހޭ ލިޔެކިއުންތައް:

1-      ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ

2-      ނިޔަމި ކަމުގެ ސަނަދު ކޮޕީ

3-      އައިޑީ ކާޑްގެ ކޮޕީ    

ލިންކް: https://forms.gle/K1qxGrKcd3wtf9hG8   

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

20 އޯގަސްޓް 2026

                                                                  

                                                                

20 އޮގަސްޓް 2026