ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
މަސައްކަތު |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
އޮފީސް / އިދާރާ: |
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ |
ސެކްޝަން: |
ކޯޕަރޭޓް އެފެއާރޒް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ |
މުސާރަ: |
-/3470 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު: |
1. ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް ކުނިކަހައި ސާފުކުރުން. 2. ކައުންސިލް އިދާރާއާއި، ދޮރުފަތްތަކާއި، ފާޚާނާ ފޮޅައި ސާފުކުރުން. 3. ކައުންސިލް އިދާރާގެ ފަރުނީޗަރާއި، ފިޓިންގްސްއާއި، މެޝިނަރީއާއި، އިކިއުޕްމަންޓްސް ފޮޅައި، ސާފުކޮށް، ބެލެހެއްޓުން. 4. ކައުންސިލްގެ ފަރާތުން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކާ ހަވާލުކުރުން. 5. އޮފީހަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ކިޔުމާއި، ލައުޑް ސްޕީކަރުން ގޮވަންޖެހޭ ގޮވުންތައް ގޮވުން. 6. ކައުންސިލުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ބައްދަލުވުން ބާއްވާ ތަން ތައްޔާރުކުރުން. 7. ކަނޑައެޅިފައިވާ އުސޫލުގެމަތިން އޮފީހުގެ ދިދަނަގައި ތިރިކުރުން. 8. އޮފީހުގެ ފެންތާނގީތަކަށް ފެންއެޅޭނޭހެން ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި ހޮޅިގުޅުން. 9. އޮފީހުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސް ހައްދައި، ރީތިކޮށް ބެލެހެއްޓުން. 10. ކައުންސިލުން އާންމުކުރާ އިޢުލާނާއި އެހެނިހެން ލިޔުންތައް ނޯޓިސްބޯޑުތަކުގައި ތަތްކުރުން. |
އަސާސީ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
އިތުރު ޢިނާޔަތްތައް: |
އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު އޭގެ ތެރޭގައި ހިމެނޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. 1 ލިބިފައިވާ ތަޢުލީމާއި ތަމްރީނށް ބަލައިގެން. 2 ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން. 3 ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
އިންޓަވިއު ކުރުން: |
މި މަޤާމަށް ޝަރުޠު ހަމާވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 3- ލިޔަންކިޔަން ދަންނަކަމަށް ބަޔާންކޮށްފައިވާ ލިޔުން ނުވަތަ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ސެޓްފިކެޓްތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 4- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު އަސްލު ގެންނަންވާނެއެވެ.) 5- ވަޒީފާއެއްގައި އުޅެފައިވާނަމަ، އެ ވަޒީފާއެއްގައި އުޅުނުކަމުގެ ލިޔުން. 6- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް ނުވަތަ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ތ. މަޑިފުށީ ކައުންސިލް އިދާރާއަށެވެ. 2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ 14:00 އެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ތ. މަޑފުށީ ކައުންސިލް އިދާރާގެ 6780034 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ. |
25 ރަބީޢުލްއާޚިރު 1437