ޢާންމު މަޢުލޫމާތު
ނަންބަރު: IUL/603-A/2026/02
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 31 އޮގަސްޓް 2026 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި އައު ފެން ވަޅެއް ބަހައްޓައި ދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި އައު ފެން ވަޅެއް ބަހައްޓައި ދޭނެ ފަރާތެއް ހޯދުމާއިގުޅޭ:

          އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި އައު ފެންވަޅެއް ބަހައްޓައި ދިނުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް މިކަން ކޮށްދެވޭނެ އަގު ހުށަހެޅުއްވުން އެދެމެވެ.

         އަގު ހުށަހަޅުއްވާނީ އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށްފައިވާ އަގު ހުށަހަޅާ ފޯމުންނެވެ.  އަގު ފޯމް 20 އޮގަސްޓް 2026 ވާ ބުރަސްފަތި ދުވަހުން ފެށިގެން 31 އޮގަސްޓް 2026ގެ ނިލަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 09:00 އާއި މެންދުރު 11:00 އާއި ދެމެދު ހުށަހެޅޭނެއެވެ.

         މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661022 އަށް ގުޅުއްވައިގެން ނުވަތަ [email protected]  އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 އޮގަސްޓް 2026