ދިވެހިރާއްޖެ
އިޢުލާން
މަދިރިފަނި އުފެދޭގޮތަށް ހުރި ތަންތަނާއި ތަކެތި ސާފުކުރުމާއި ގުޅޭ.
މިރަށު ރައްވެހިގެއާއި ޖެހިގެން އިރަށްއޮތް ( ކުރީގެ ދިރާގުބިން ) ބިމުގައި އެހެލާފައިހުރި އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކުގައި ފެންހެދި މަދިރިފަނި އާލާވެފައިވާކަމާއި އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުގައި ބެހެއްޓިފައިވާ އަމިއްލަފަރާތްތަކުގެ ތަކެތީގައި ފެންހަރުލާ މަދިރިފަނި އާލާވަމުންދާކަމުގައި މިއިދާރާއަށްވަނީ ފާހަގަ ކުރެވިފައެވެ. މިކަމަކީ މިރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ޞިއްޙީގޮތުން ނުރައްކާތެރި ކަމަކަށްވާތީ އަވަސް މުއްދަތެއްގައި މިތަކެތި ސާފުކޮށް ފެންހަރުނުލާގޮތަށް ހެދުމަށް ބޭނުންވެއެވެ.
ވީމާ، ރަށުގެ އެކިއެކި ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކުން ބަހައްޓަވާފައިވާ ތަކެތީގައި ހަރުލާފައިވާ ފެނާއި އަދި ރައްވެހިގޭ ސަރަހައްދުގައި ބެހެއްޓިފައިވާ އުޅަނދުތަކުގައި ހަރުލާފައިވާފެން، 23 އޮގަސްޓް 2026 ގެ ހަވީރު 6:00 ކުރިން ސާފުކުރައްވައި، އެފަދަ ތަކެތީގައި ފެންހަރުނުލާގޮތަށް ހެއްދެވުމަށް ދެންނެވީމެވެ.