ވަޒީފާގެ ފުރުޞަތު
ނަންބަރު: R1C-A/2016/05
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 20:26
ސުންގަޑި: 15 ފެބުރުވަރީ 2016 14:30
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

10 ޖަނަވަރީ 2016 ގައި މި ކޯޓުން ކޮށްފައިވާ R1C/2016/01 ނަންބަރުގެ އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ހިމަނާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ވޮޗަރ

މަޤާމުގެ ރޭންކް: SS1

އާންމުކޮށް ވަޒީފާ އަދާކުރަންޖެހޭ ކޯޓު:

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/3،100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ % 35 (ތިރީސްފަސް އިންސައްތަ)

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި، އެ މަސައްކަތްތައް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކޯޓުގެ އިމާރާތާއި ގޯތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

- ބަގީޗާއަށް ފެންދީ ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ ވީ)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށްފައި)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިއުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

ސުންގަޑި:

2016 ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

30 ރަބީޢުލްއާޚިރު 1437
09 ފެބުރުވަރީ 2016