ވަޒީފާގެ ފުރުޞަތު
ނަންބަރު: 587-A/2026/45
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 27 އޮގަސްޓް 2026 13:00
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

އިޢުލާނު

މަޤާމް:

ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 4

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓުން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް

މުސާރަ:

 9,860.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަގާމުގެ އެލަވަންސް: -/2,955 ރުފިޔާ
  • ހާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ރަސްމީ ދުވަހަކަށް) -/80 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހުށަހެޅިފައިވާ ޤަޟިއްޔާއާ ގުޅޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުމާއި ހުށަހެޅޭ ޖިނާޢީ މައްސަލަތަކާ ގުޅިގެން ކުށުގެ ރިކޯޑް ސާފުކުރުމާ، ޙުކުމް ކުރެވޭ ޤަޟިއްޔާތަކާ ގުޅިގެން ކުރަންޖެހޭ އަންނަނިވި އިދާރީ މަސައްކަތްތައް  ފުރިހަމަކުރުން

-          ޚަރަދު ރަސީދާ ދަރަނީގެ ރަސީދު ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން

-          ސާބިތުކުރެވޭ ޚަރަދާ، ދަރަނީގެ މައްސަލަތަކުގެ މަޢުލޫމާތު ފައިސާއާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން

-          ޙައްދު ، ތަޢުޒީރު ފޮތް އަޕްޑޭޓްކޮށް ބެލެހެއްޓުން.

  1. ވަރި، ކާވެންޏާބެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރަން ކަނޑައެޅިފައި އޮންނަ އުސޫލުން ކުރުން
  2. ނިމޭ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް އެމައްސަލަތަކުގެ ރިކޯޑް ބަލަހައްޓާ، ނިމޭ މައްސަލަތަކުގެ ފައިލްތައް އާކައިވް ކުރުވުން.
  3. ކުށުގެ ރިކޯޑާ، ވަރިކާވެނީގެ ރިކޯޑްތައް އަޕްޑޭޓްކޮށް ބަލަހައްޓައި، އެމަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  1. މަހުން މަހަށް ޝަރީޢަތްލިޔާ އަޕްޑޭޓްކުރުމާ "ދައުވާ ހުށަހަޅާ" އަޕްޑޭޓްކުރުން
  2. ޝަރުޢީ އެކިއެކި ލިޔުންތަކަށް އެދޭ ފަރާތްތަކަށް އެލިޔުންތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފޯރުކޮށްދިނުން
  3. ޝަރުޢި ސެކްޝަނުގެ މުވައްޒަފެއް ޙާޟިރުނުވެއްޖެހިނދެއްގައި، ކޯޓުން އާއްމު ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތަށް ބުރޫ ނާރާގޮތަށް އެމުވައްޒަފެއްގެ މަސައްކަތް ކުރުން
  4. މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް

މަޤާމުގެ ޝަރުޠުތައް:

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

އޮފީސް އެޑްމިނިސްޓްރޭޝަން / އޮފީސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / ޝަރީޢަތާއި ޤާނޫނު / އިންފޮމޭޝަން ޓެކްނޮލޮޖީ / އެކައުންޓްސް އެންޑް ފައިނޭންސް / މަޤާމާއި ގުޅުންހުރި އެހެނިހެން ދާއިރާތައް

ގުޅޭ ވަޒީފާގެ ދާއިރާތައް

އޮފީސް އެޑްމިނިސްޓްރޭޝަން / އޮފީސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / ޝަރީޢަތާއި ޤާނޫނު / އިންފޮމޭޝަން ޓެކްނޮލޮޖީ / އެކައުންޓްސް އެންޑް ފައިނޭންސް

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަނަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛

2.4 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.5 އަނބިމީހާ ނުވަތަ ފިރިމިހާ؛

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

   lh-naifaru.courts.gov.mv

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކޮންޕީޓަންސީ ދާއިރާ

މާރކްސް

އަސާސީ ޝަރުޠު ފުރިހަމަވުން

30

އަސީސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސީސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮގަސްޓް 2026 ގެ 13:00ގެ ކުރިން، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް

އީ-މެއިލް ( [email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 01 ސެޕްޓެމްބަރ 2026 އާއި  14 ސެޕްޓެމްބަރ 2026 ދެމެދު ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައެވެ.

އިންޓަވިއު ކުރެވެނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6620366 އަށެވެ.
  • އީ-މެއިލް ކުރާނީ  [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. ނުވަތަ ވަކިވަކިން ޑޮކިއުމަންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއު

އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

 

20 އޮގަސްޓް 2026