ދެންނެވުން
ނަންބަރު: (IUL)331/331/2026/61
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:04
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހާއި ބެހޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                            ނަމްބަރ: 331/331/2026/61(IUL)

 

                                  އިޢުލާން

  ރުއްގަހާއި ބެހޭ

              "ދިވެހިރާއްޖޭގައި މީހުންއުޅޭ ރަށްރަށުގައި ރުއްގަސް އިންދުމުގެ ޤާނޫނު"، ޤާނޫނު ނަންބަރ: 5/95 އަށް ޢަމަލުކުރަން ފެށުމާއި އެކު މިރަށުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަސްތައްވަނީ އޭރުގެ ގާފަރު އޮފީހުގައި ރަޖިސްޓްރީ ކުރެވިފައެވެ. ޤާނޫނު ނަންބަރ 5/92 އަދި މިހާރު ޢަމަލު ކުރެވެމުންދާ، "މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު: 21/98 ގެ ދަށުންވެސް، ރަޖިސްޓްރީ ކުރެވިފައިނުވާ ރުއްގަހަކީ އެރަށެއްގެ ރައްޔިތުންގެ ރުއްގަހެވެ. ރައްޔިތުންގެ ރުއްގަސްތައް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ. ޤާނޫނު ނަންބަރު: 21/98 ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ، ކައުންސިލުން ހަމަޖައްސާ ގޮތެއްގެމަތިން، ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު، ކައުންސިލުން ކަނޑައަޅައި ދައްކާ ތަނެއްގައިކަން އެގެން އޮވެއެވެ.

            ވީމާ، ގާފަރު އޮފީހުގައި ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަހުގެ ރަޖިސްޓްރީ ނަންބަރުތައް އައު ކުރައްވާ، ކޮންފަރާތެއްގެ ރުއްގަހެއްކަން އެނގޭނެގޮތް ހެއްދެވުމަށް ދަންނަވަމެވެ. އަދި ބައެއް ސަރަހައްދުތަކުން ރުއްގަސްތައް ނަގަންޖެހޭ ހާލަތްތަކުގައި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް މީގެފަހުން އިޢުލާން ނުކުރާނެކަމާއި ވެރިފަރާތް ނޭނގޭ ރުއްގަހަށް ބަދަލުދިނުމަށް ވެސް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. ގާފަރު އޮފީހުގައި ރަޖިސްޓްރީކޮށްފައި ނުވާ ރުއްގަހުގައި އެއްވެސް ނަންބަރެއް ޖެހުމަކީ މަނާކަމެއްކަން އަންގާ އިޢުލާންކުރަމެވެ.                                                                                                                              

20 އޮގަސްޓް 2026