ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮފީހަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: |
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
މަޤާމް ނަންބަރު: |
233442 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 (މެނެޖީރިއަލް ސަރވިސް 1) |
އޮފީސް / އިދާރާ: |
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
ސެކްޝަން/ޔުނިޓް: |
އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް / އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
މަޤާމުގެ މުސާރައާއި އިނާޔަތްތައް: |
- މުސާރަ: -/5،610 ރުފިޔާ - ސަރވިސް އެލަވަންސް: -/2،000 ރުފިޔާ - ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާގޮތުގެމަތިން މުސާރައިގެ އިތުރުން، އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ. |
ތަޢުލީމާއި ތަޖުރިބާ: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- އަތޮޅުގައި ހިނގާ އިޤްތިޞާދީ ހަރަކާތްތަކާއި އިޖުތިމާޢީ ހަރަކާތްތަކުގެ މަޢުލޫމާތު ހޯދައި ބެލެހެއްޓުން. - ލޯކަލް އިންވެސްޓްމަންޓާބެހޭ އެންމެހައި މަސައްކަތް ކުރުން. - ކައުންސިލުން ހިންގާ ވިޔަފާރީގެ ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކޮށް، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން. - ކައުންސިލް އިދާރާގެ އުޅަނދުފަހަރު ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން. - ކައުންސިލްގެ އިމާރާތްތަކުން އާމްދަނީ ހޯދުމަށް މަސައްކަތްކުރުން. - ރަށްރަށުގެ މަޢުލޫމާތުތައް (ތަފާސްހިސާބު) ހޯދައި، އެ މަޢުލޫމާތުތައް އެއްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ރަށްރަށާބެހޭ މަޢުލޫމާތު ފޯމު، ކޮންމެ ތިންމަހުން އެއްމަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒަށާއި އެލް.ޖީ.އޭ އަށް ފޮނުވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް ކުރިމަތިލާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއުއާއި އިމްތިޙާނުކުރުން އޮންނާނީ، 2016 ފެބުރުވަރީ 28 ން ފެށިގެން 15 ދުވަހުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2016 ފެބުރުވަރީ 22 ވާ ހޯމަދުވަހުގެ 14:00 ގެ ކުރީން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުން، ހދ. އަތޮޅު ކައުންސިލްގެ އިދާރާއަށް. |
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓު www.haadhaal.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) (ނ) ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ) |
|
ނޯޓު:
|
28 ރަބީޢުލްއާޚިރު 1437