ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-PP/318/2026/44
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 03 ސެޕްޓެންބަރު 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދޫކުރާ އިންޖީނުލީ ކަނޑު އުޅަނދު ދުއްވުމުގެ ޢަމަލީ ޓެސްޓްކޮށްދޭނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

2

ޝަރުޠު:

 

  1. ނިޔަމިކަމުގެ ސަނަދު އޮތުން.
  2. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީތަކުގެ ތެރެއިން މަދުވެގެން A,A1,B,C,D އޮތް ފަރާތެއްކަމުގައި ވުން.
  3. ކަނޑު އުޅަނދު ދުއްވުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
  4. ފާއިތުވެދިޔަ 5 އަހަރު ކަނޑު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެ ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  5. ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  6. ޢުމުރުން 55 އަހަރުނުވާ ފަރާތެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  7. މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ނުވުން.

އުޖޫރަ:

އިމްތިހާންކުރާ ކޮންމެ ފަހަރަކަށް -/25 ރުފިޔާ

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ފޯމް ހުށަހެޅުއްވުން އެދެމެވެ.  އެގްޒަމިނަރުކަމަށްވުމަށް އެދޭ ފޯމް ކައުންސިލުގެ ވެބްސައިޓުންނާއި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

20 އޮގަސްޓް 2026