ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2026/169
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި:
22 އޮގަސްޓް 2026 22:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ސިޓީގެ "ލޭންޑް ޔޫސް ޕްލޭން" މަސައްކަތް ކުރުމަށް ކޮންމެ އަވަށެއްގައި ބާއްވާ މަޝްވަރާ ބައްދަލުވުމާއި ގުޅޭ،
މާލެ ސިޓީ ކައުންސިލްގެ "ރީތިންކް މާލެ" އާބަން ސްޓެރެޓެޖީއާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާއި އެއްގޮތްވާގޮތުގެ މަތިން "މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން" (ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން) އަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މި ކައުންސިލުންވަނީ ފަށާފައެވެ. އެގޮތުން ކޮންމެ އަވަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރުމަށް (22 އޮގަސްޓް 2026) ވާ ހޮނިހިރު ވަނަ ދުވަހުގެ ރޭ 20:30 ގައި ގަލޮޅު މަދަރުސާގެ ހޯލްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމަށް ގަލޮޅުގެ ރައްޔިތުންނަށް ދަޢުވަތު އަރުވައި، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 އޮގަސްޓް 2026