ދިވެހިރާއްޖެ
އިޢުލާން
ކައުންސިލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ބީޗްގެ މަސައްކަތަށް ބޭނުންވާ ސާމާނު ސަޕްލައި ކުރާނެފަރާތެއް ހޯދުމަށް
މިކައުންސިލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ބީޗްގެ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނު މިއިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު 11:30 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ހުށަހަޅަން ޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
|
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
|
ބީލަން ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
01.09.2026 |
އަންގާރަ |
11:30 |
މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބީލަން ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
07 ރަބީއުލް އައްވަލް 1448
20 އޮގަސްޓް 2026