ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)274/INDIV/2026/82
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 21:19
ސުންގަޑި: 24 އޮގަސްޓް 2026 14:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުން

        މިއިޢުލާނާއިއެކު އާންމުކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ށ.ފޭދޫ ހޭންޑްބޯލް ކޯޓުއަޅާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން ރުއްގަހުގައި ނަމްބަރު ޖަހާ ނިންމުމަށްފަހު 24 އޮގަސްޓް 2026 ވަނަދުވަހުގެ ކުރިން މިއިދާރާއަށް ރުއްގަހުގެ އަދަދު އަންގަވާދެއްވުން އެދި ދެންނެވީމެވެ.

        އަދި ދަންނަވަމެވެ.މިމުއްދަތުގެ ފަހުން އެސަރަހައްދުގައި ނަމްބަރ ނުޖަހާހުރި ރުއްގަސްތައް ނައްތާލެވޭނެވާހަކަ ދެންނެވީމެވެ.

 
19 އޮގަސްޓް 2026