ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-49/IU/2016/04
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 19:10
ސުންގަޑި: 23 ފެބުރުވަރީ 2016 14:00
މާވަށު ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

   މަޤާމު:                     އެސިސްޓެންޓް ލައިބްރޭރިއަން

   މަޤާމުގެ ނަންބަރު               OD/22/2016/09-ފ188

   ރޭންކް:                     ޖީ.އެސް.4 

   ބޭނުންވާ އަދަދު:                01      

   ވަޒީފާ އޮތް އޮފީސް:             މާވަށު ސްކޫލް

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:    އެޑްމިން / މާވަށު ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްކޫލްގެ ލައިބްރަރީއަށް ގެނެވޭ ފޮތްތަކުގެ ތެރެއިން ސެލޯފޭން ލައްވަންޖެހޭ ފޮތްތަކަށް ސެލޯފޭން ލައްވާ ސްކޫލުގެ ތައްގަނޑުޖަހައި ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ފޮތަށް ނެގުން.

2. ލައިބްރަރީގެ ހަރުގަނޑުގައި ހުންނަ ފޮތްތައް އިންތިޒާމު ނުގެއްލޭނެހެން އަދި ހަލާކުނުވާނެހެން ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

3. ލައިބްރަރީގެ ގަޑިތައް ހަމަޖެހިފައިވާ ގޮތުގެ މަތިން ގަޑިތައް ގަވާއިދުން ކުރިޔަށް ގެންދިޔުން.

4. ލައިބްރަރީން ދޫކުރާ ފޮތް ފަދަ ތަކެތި ގެންނަންޖެހޭ މުއްދަތަށް ގެނޭތޯ، ނުގެނޭތޯ ބަލައި، ނުގެންނަނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5- ކިޔަވައިދިނުމުގައި އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުން.

6- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލްސަރވިސް ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގަވާއިދުތަކާއި އަދި ސްކޫލްގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުން.

7- ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމް ކުރުމާއެކު އެއާ އެއްގޮތަށް ޢަމަލުކުރުން.

އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، ޢާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ޝަރުޠު:                       

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެސިސްޓެންޓް ލައިބްރޭރިއަން

އޮފިސަރ ގްރޭޑް 2

ޖީ.އެސް.4

މަޤާމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ

ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ

ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން

ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު

އޭގެއިތުރުން ހަޔަ ސެކަންޑަރީ ސްކޫލް

ސެޓުފިކެޓު އިމްތިޙާނުގައި " ދިވެހި"

މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ

ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން

"ޑީ" ގްރޭޑް ލިބިފައި، އޭގެއިތުރުން ސެކަންޑަރީ

ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި"

މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް

ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ

ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ

ތަޖުރިބާ ލިބިފައިވުން.

-/5020ރ.

-/1500ރ.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (ތަޖުރިބާއަށް ބަލާއިރު ޓީޗަރެއްގެ މަޤާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއު ކުރުން

- އިންޓަރވިއު އޮންނާނީ 2016 ފެބުރުވަރީ 24 އާއި 29 އާ ދެމެދުގެ މުއްދަތުގައި މާވަށު ސްކޫލްގައެވެ. އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑުވެސް ކުރެވޭނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހުމަށްފަހު)

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާވަށު ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 23 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާވަށު ސްކޫލުގެ ނަންބަރު 6800010 ފޯނަށް ގުޅުއްވުން އެދެމެވެ. 

30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016