ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް މިލިޓަރީ އިންޖިނިއަރސްގެ ކާޕެންޓަރ މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއެވެ.
|
މަގާމު |
ކާޕެންޓަރ (ޕަބްލިކް ސަރވިސް ރޭންކް 3) |
|
ބޭނުންވާ ޢަދަދު |
01 (އެކެއް) |
|
މުސާރަ |
މަހަކު 9,220.00 ރުފިޔާ |
|
މަގާމުގެ އެލަވަންސް |
މަހަކު 3,180.00 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާޒިރީ ޢިނާޔަތުގެގޮތުގައި މަސައްކަތު ނުކުންނަ ދުވަހަކަށް 75.00 ރުފިޔާ އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ |
1- މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 2- ވަޑާންކުރުމުގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ދާއިރާގައި މަސައްކަތްކުރުމުގެ ހުނަރު އެނގޭކަން ސާބިތުކޮށްދިނުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
1- އިދާރާއިން ހިންގާ މަޝްރޫޢުތަކުގެ ވަޑާމުގެ މަސައްކަތްތައް ކުރުން. 2- އިދާރާއިން ކުރިއަށްގެންދާ ޢިމާރާތްކުރުމާއި މަރާމާތުގެ މަސައްކަތުގައި އެކުލެވޭ ވަޑާމުގެ މަސައްކަތްތައް ކުރުން. 3- މަސައްކަތުގެ ސައިޓްގައި ބޭނުންކުރާ އާލާތްތަކާއި މެޝިނަރީތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން. 4- ދޮރުތަކާއި ފެންލައިޓްތަކާއި ކަބަޑުތަކުގެ އިތުރުން އެހެނިހެން ފަރުނީޗަރުތަކުގެ ހަލާކުވާ ތަންޑު، ތަޅު، ހުޅު އަދި އަތްގަނޑުތައް ދުވަހުން ދުވަހަށްބަލާޗެކްކޮށް ބަދަލުކުރަންޖެހޭތަންތައް ބަދަލުކުރުން. 5- ވަޑާމުގެ މަސައްކަތްތަކުގެ ރެކޯޑްތައް ލިޔެ ބެލެހެއްޓުން. |
|
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މާލެ |
|
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
06 ރަބީޢުލްއައްވަލު 1448