ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)222-AH/INDIV/2016/5
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 18:08
ސުންގަޑި: 24 ފެބުރުވަރީ 2016 13:30
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ.އެސް 4

ރޭންކް:

އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން:

-/5,020 ރުފިޔާ

މުސާރަ:

މަހަކު -/1,500 ރުފިޔާ

ސަރވިސް އެލަވަންސް:

01

ބޭނުންވާ އަދަދު:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

08:00 އިން 14:00 އަށް

ރަސްމީ މަސައްކަތު ގަޑި:

ދާއިމީ

ވަޒީފާގެ ގިންތި:

1- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

  1. އޮފީހުން އިޢުލާން ކޮށްގެން ކުރެވޭ މަސައްކަތްތަކާއި ބިޑް ކޮމިޓީގެ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން.
  2. ޕާމަންޓް ވައުޗަރތައް ހެދުން.
  3. ޕޭމަންޓާ ގުޅިގެން ހަދަންޖެހޭ ފޯމުތައް ހެދުން.
  4. ޕޭމަންޓް އެސް.އޭ.ޕީ އަށް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް.
  5. ޕޭމަންޓް ވައުޗަރ ރަޖިސްޓަރީ ކުރުން.
  6. ފައިސާ ލިބޭ ކަންކަމުގެ ރަޖިސްޓަރީ ބެލެހެއްޓުން.
  7. ޑިޕާޓްމަންޓްގެ ނެޝަނަލް މިއުޒިއަމަށް ވަންނަ ފަރާތްތަކަށް ޓިކެޓް ވިއްކުމާއި، ޑިޕާޓްމަންޓުން ވިއްކާ ފޮތާއި ބްރޯޝަރ ފަދަ ތަކެތި ވިއްކައި، ލިބޭ ފައިސާ ބަލައިގަތުމުގައި އެހީތެރިވުމާއި، ދުވަހުން ދުވަހަށް ލިބޭ ފައިސާއާއި އޭގެ ހިސާބުތައް އެކައުންޓްސް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން.
  8. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

މަސައްކަތު

މަޤާމް:

އެސް.އެސް 1

ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

ކްލެސިފިކޭޝަން:

ހެރިޓޭޖް ސެކްޝަން

ސެކްޝަން:

-/3,100 ރުފިޔާ

މުސާރަ:

މަހަކު -/1,000 ރުފިޔާ

ސަރވިސް އެލަވަންސް:

01

ބޭނުންވާ އަދަދު:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

08:00 އިން 14:00 އަށް

ރަސްމީ މަސައްކަތު ގަޑި:

ދާއިމީ

ވަޒީފާގެ ގިންތި:

  1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ލިބިފައިވުން.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި ފަރާތެއް ކަމުގައި ވުން.

މަޤާމުގެ ޝަރުޠު:

  1. މެދުޒިޔާރަތުގެ ބޮޑު ދޮރޯށްޓާއި ބަރަރިފުޅަލިގަނޑާއި ދޮރޯށްޓާބެހޭ ހުރިހާ ތަނެއް ފޮޅައި ސާފުކުރުމާއި ލޯހުޅާއި މިބާވަތުގެ އުނގުޅައި ސާފުކުރަންޖެހޭ ތަކެތި ބްރާސޯ ޕޮލިސް ލައިގެން އުނގުޅައި ސާފުކޮށް ބެލެހެއްޓުން.
  2. މެދުޒިޔާރަތުގެ ގޯތިތެރޭގައި ފަޅާ ވިނަ ނޮޅައި، ގޯތިތެރެއާއި ދޮރޯށީގެ އެތެރެފަރާތާއި ބޭރުފަރާތް ކުނިކަހައި ސާފުކުރުން.
  3. މެދުޒިޔާރަތުގެ މަގުފާރާއި މައި ދޮރާށީގައި ހުންނަ ބޮތްކާއި ބައްތިއެއް އަނދައިފިނަމަ، އެއްޗެއްގެ ބޮކި ބަދަލުކުރުން.
  4. މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުންނަ ހަތް ޒިޔާރަތުގެ ވަށައި ރާނާފައި ހުންނަ ގާފޮޅުގެ އެތެރޭގައި ފަޅާ ވިނަ ނޮޅައި ކުނިކަހައި ސާފުކުރުން.
  5. މަތީގައި އެވާ ތަންތަނުގެ ތެރެއިން އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވާކަމަށް ފެންނަނަމަ އެކަންތައް ލަސްނުކޮށް ތަރިކަބައިގެ ކަމާބެހޭ އިސްވެރިއަކަށް އެންގުން.
  6. ޑަސްބިންތަކަށް ނުވަތަ ގޯންޏަށް ކުނިއަޅާފައި ބެހެއްޓުމާއި މިގޮތުން ކުނިއަޅާ ތަކެތި ފުރުނީމައި ތަރިކަބައިގެ ކަމާބެހޭ ބޭފުޅަކަށް އަންގައި ކުނި އުކައިލުން.
  7. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

- މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި އިނާޔަޔްތައް ދެވޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމު ފޮނުވައިދެވޭނެ).

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމެއްގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނަތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.

- މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

ހުށަހަޅަންޖެހޭ ލިޔުންތައް:

މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސްކްރީން ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާނދަނީމަގު)

ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

އިތުރު މަޢުލޫމާތު:

30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016