ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)331/331/2026/59
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:51
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތެރޭގައި ހައްދައިފައިވާ ގަސްގަހާގެހި ކޮށައި ބެލެހެއްޓުމާއި މަގުތަކާއި ގޯޅިތަކުގައި ގަސްގަހާގެހި ޖެހުމާއިބެހޭ

ގޯތިތެރޭގައި ހައްދައިފައިވާ ގަސްގަހާގެހި ކޮށައި ބެލެހެއްޓުމާއި މަގުތަކާއި ގޯޅިތަކުގައި ގަސްގަހާގެހި ޖެހުމާއިބެހޭ

           ގޯތިތެރޭގައި ހައްދާފައިވާ ގަސްގަހާގެހި ކޮށާ ބެލެހެއްޓުމާއި  މަގުތަކާއި ގޯޅިތަކުގައި ގަސްގަހާގެހި ޖަހާ ހެއްދުމުގައި މިދަންނަވާގޮތުގެ މަތިން އަމަލު ކުރުމަށް ދަންނަވަމެވެ.

  • ގޯތީގައި ހައްދައިފައި ހުންނަ ގަސްގަހާގެހިން މަގުތަކާއި ގޯޅިތަކަށް ނުކުމެފައި ހުންނަ ގޮފިތަކާއި ގަސްގަހާގެހީގެ ބައިތަކުގެ 12 ފޫޓަށްވުރެ ތިރީގައި ހުންނަ ބައިތައް، ގޭގެ ވެރިފަރާތުން ކޮށައި ބަލަހައްޓަންވާނެއެވެ.
  • މަގުތަކުގައި ޖަހާފައި ހުންނަ މަގުބައްތީގެ އަލި ގެއްލޭގޮތަށް ޖަހައިފައިވާ  ހުންނަ ގަސްގަހާގެހި، އޭގެ ވެރިފަރާތުން ކޮށައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.
  • ގަހުގެ ގޮފިތަށް ފެތުރިގެން ނުދާނޭފަދަ ބަގީޗާ ގަސް 15 ފޫޓަށްވުރެ ފުޅާމަގުތަކުގައި ގޭގެ އިމުން ފެށިގެން 18 އިންޗި ފުޅާމިނުގައި އަދި 10 ފޫޓަށްވުރެ ފުޅާ މަގުތަކުގައި 12 އިންޗި ފުޅާމިނުގައި އިންދުމުގެ އިޚްތިޔާރު ގޭގެ ވެރިވަރާތަށް ލިބިގެންވެއެވެ.
  • ފުޅާމިނުގައި 6 ފޫޓް ހަމަނުވާ ގޯޅި ތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދައިގެން ނުވާނެއެވެ. ނަމަވެސް ފުޅާމިނުގައި 6 ފޫޓް ހަމަވާ ގޯޅި ތަކުގައި ފާރަށް އަރުވާ ވައްތަރުގެ ވެޔޮގަސް 8 އިންޗި އަށްވުރެ ބޮޑަށް މަގަށް ނުނުކުންނާހެން އިންދުމުގެ އިޚްތިޔާރު ގޭގެ ވެރިވަރާތަށް ލިބިގެންވެއެވެ.
  • މަގުމަތީ ބަގީޗާގަސް ހައްދާފައިވާ ފަރާތްތަކުން އަރިމަތީގައި ޖަހާފައިވާ ލަކުޑި ފެންސްފަދަ ތަކެތި މީހަކަށް ގެއްލުމެއް ލިބިދާނެފަދަ ގޮތަކަށް ހަދާފައި ހުރެގެން ނުވާނެއެވެ. މިފަދަ ފެންސްގެ މަތީކައިރި ބަހައްޓަންވާނީ ސީދަލަށް ނުވަތަ ވަށްކޮށެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ގޮތާއި ޚިލާފަށް ގަސްގަހާގެހި އިންދާފައިވާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިއިޢުލާންގައި ދަންނަވާފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އަންގަމެވެ. އަދި ދެވިފައިވާ މުއްދަތަށްފަހު ގަވާއިދާ ޚިލާފަށްހުރި ގަސްގަހާގެހީގެ މައްސަލަ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރަމުންދާނެވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2026