ނީލަން
ނަންބަރު: (IUL)AEH/AEH/2026/92
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 30 އޮގަސްޓް 2026 11:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގައި ހުރި ބާވެފައިވާ ތަކެތި ނީލަމުގައި ވިއްކުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގެ އުޞޫލުން ނީލަންކިޔުން، މިހޮސްޕިޓަލުގައި 24  އޮގަސްޓް 2026 ވަނަ ދުވަހު ހެނދުނު 11:00 ގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގާއި، ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 30  އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިހޮސްޕިޓަލަށް ޙާޟިރުވުން އެދެމެވެ. އަދި، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި އެކު 30  އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިހޮސްޕިޓަލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 1 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީ ކައުންޓަރަށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރާ ފަރާތުގެ ޚަރަދުގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 06 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 އޮގަސްޓް 2026