މަސައްކަތް
ނަންބަރު: (IUL)268/2026/31
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 30 އޮގަސްޓް 2026 13:15
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކްތަބުންނޫރު ޕްރީސްކޫލް ހިންގުން އައުޓްސޯސް ކުރުމާއި ގުޅޭ

މިކައުންސިލުން އައުޓް ސޯސްކޮށްގެން ހިންގަމުންގެންދިޔަ މަކްތަބުންނޫރު ޕްރީސްކޫލްގެ މުއްދަތު 14 އޮގަސްޓް 2026އަށް ހަމަވެފައިވާތީ، އައުޓްސޯސް ކޮށްގެން ޕްރީސްކޫލު ހިންގައިދޭނޭ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 04 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:15އަށް މިއިދާރާއަށް ދުރުވެ ޕުރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކުގެ އިތުރުން، ޤާނޫނުނަންބަރު 2022/3 ޖަމްޢިއްޔާތަކުގެ ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކައި އެސޯސިއޭސަން ތަކުގެ އިތުރުން ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކުޅިވަރު ކްލަބް ތަކަށެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520715 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެއިލް ކުރެއްވުމުން ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 އޮގަސްޓް 2026