ބީލަން
ނަންބަރު: (IUL)260-CA/260/2026/67
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 25 އޮގަސްޓް 2026 11:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ކައުންސިލަށް ޤާނޫނީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާ ގުޅޭ!

މި އިދާރާގެ އިޢުލާން ނަންބަރު (IUL)260-CA/260/2026/37 (08 ޖޫން 2026) އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކުރެވިފައިވާތީ ، 2 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

ހދ.ނައިވާދޫ ކައުންސިލަށް ޤާނޫނީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

ބިޑް ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީ ހިސާބު ހުށަހެޅުން

19.08.2026 ން 25.08.2026 ގެ 11:00 ށް

-

30.08.2026 ގެ 11:00 ގައި

ލިންކް މެދުވެރިކޮށް

-

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

 

 

 

 

ހދ. ނައިވާދޫ ކައުންސިލަށް ޤާނޫނީ ޙިދުމަތް ފޯރުކޯށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.

            ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ކައުންސިލަށް ޤާނޫނީ ޙިދުމަތް ފޯރުކޮށްދިނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      

19 އޮގަސްޓް  2026

19 އޮގަސްޓް 2026