ދިވެހިރާއްޖެ
އިޢުލާން
މިކޯޓްގެ ޢިމާރާތުގެ ފާރުގައި ހަރުކޮށްފައިހުރި ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުން
މިކޯޓްގެ ޢިމާރާތުގެ ފާރުގައި ހަރުކޮށްފައި ހުރި ލައިޓްތައް ލެޑް ލައިޓަށް ބަދަލުކޮށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު: 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780660 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 27 އޮގަސްޓް 2026
- އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ރަބީޢުލްއައްވަލް 1448
19 އޮގަސްޓް 2026