ދިވެހިރާއްޖެ
އިޢުލާން
ފ. ދަރަނބޫދޫ ކުނިގޮނޑަށް ގެންދާ ދަގަނޑާއި، ބިއްލޫރިއާއި، ދަޅު، އަދި ފުޅިފަދަ ތަކެތީގެ ބާވަތްތައް 01 އަހަރު ދުވަހުގެ މުއްދަތަށް ރަށުން ބޭރުކޮށް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ބިޑް ރަޖިސްޓްރީކުރުމާއި، މަޢުލޫމާތު ދިނުމާއި، ބީލަން ހުށަހެޅުމުގެ ދުވަސްތައް ތިރީގައިއެވާ ޓޭބަލާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
|
2026 އޮގަސްޓް 31 ވަނަ ދުވަހު މފ 13:00 ގެ ކުރިން |
|
2026 ސެޕްޓެންބަރު 03 ވަނަ ދުވަހު މފ 13:00 ގައި |
ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ބިޑްގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަން ހުށަހެޅުއްވުމަށް މިއިދާރާއަށް ދުރުވަންވާނީ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ސޮއިކޮށްފައިވާ ފަރާތެވެ. އެހެން ފަރާތަކުން ދުރުވާނަމަ ފޯމުގައި ސޮއިކުރި ފަރާތުގެ ސިޓީއަކާއި، ހުށަހަޅުއްވަން ދުރުވާފަރާތެއްގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރުމުގެ އަގަކީ -/100ރ ( އެއްސަތޭކަ ރުފިޔާ)އެވެ. ބިޑް ރަޖިސްޓްރީ ކުރުމުގެ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ގެޒެޓްގެ ލިންކުން ފޯމް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.