ބީލަން
ނަންބަރު: (IUL)28-FA-1/1/2026/262
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 30 އޮގަސްޓް 2026 09:30
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕެސެންޖަރ ލިފްޓެއް ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުބޭނުންވެއްޖެ.

ޢިމާރާތެއްގައި ހަރުކުރުމަށް ބޭނުންވާ ޕެސެންޖަރ ލިފްޓެއް ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މި ވުޒާރާ ގެ ނަންބަރު (IUL)28-FA-1/1/2026/220 އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބަދަލު ގެނެސްފައިވާތީ އެ އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބާޠިލްކޮށް، އައު ޓެކްނިކަލް ސްޕެސިފިކޭޝަންސްއާއެކު، އަލުން މިކަމަށް އިޢުލާންކުރީމެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 30 އޮގަސްޓު 2026 ވަނަ ދުވަހުގެ 09:30 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 325.00ރ (ތިން ސަތޭކަ ފަންސަވީސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • މެސެޖުކުރެއްވުމަށް: 9772601
 
19 އޮގަސްޓް 2026